މިއަދުވެސް ޕޮޒިޓިވްވި މީހުންގެ ޢަދަދު 100 އިން މަތީގައި

މިއަދުވެސް ޕޮޒިޓިވްވި މީހުންގެ ޢަދަދު 100 އިން މަތީގައި

Author
މުޙައްމަދު ޖިމީ
25 ޖެނުއަރީ 2021 09:53
0

ކޯވިޑް-19އަށް މިއަދު 109 މީހުން ޕޮޒިޓިވްވެއްޖެއެވެ.

ރޭ އިރުއޮއްސި 6 އިން މިރޭގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވި 109 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 78 މީހުންނާއި، މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 11 މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 20 މީހުންނާއި ސަފާރީތަކުން ޕޮޒިޓިވްވި މީހެވެ.

މިއާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު ވަނީ ފަނަރަ ހާހުން މައްޗަށް އަރާފައެވެ. އެގޮތުން 15،102 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އައު އަހަރާއެކު ރާއްޖޭގައި ބަލިޖެހޭ މީހުންގެ ޢަދަދު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އެގޮތުން މިހާރު ރާއްޖޭގައި ކޯވިޑަށް ފަރުވާދެމުން އަންނަނީ 1،160 މީހަކަށެވެ. އޭގެތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 87 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 71 މީހެކެވެ. މިއާއެކު މިހާތަނަށް ޖުމްލަ 13،884  މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑަށް ޓެސްޓްކުރުމަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނަގާފައިވާ 1،160 ސާމްޕަލާއެކު މިހާތަނަށް ނެގި ސާމްޕަލްތަކުގެ ޢަދަދު 390،396 އަށް ވަނީ އަރާފައެވެ. ރާއްޖެއިން މިހާތަނަށް ނިޔާވެފައިވަނީ 51 މީހެކެވެ. އެއީ 43 ދިވެހިންނާއި 8 ބިދޭސީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.