ރައްޔިތުންގެ މަޖިލީހުގެ އިދަރާއިން ޓިކްޓޮކް އެކައުންޓެއް ހުޅުވައިފިއެވެ.
ޓިކްޓޮކް އެކައުންޓެއް ހުޅުވާފައިވާކަން ޢާންމުކޮށްފައިވަނީ މަޖިލީހުގެ އިދާރާއިން ވަކުރި ޓްވީޓެއްގައެވެ. އަދި ޓިކްޓޮކްގައި އެ އެކައުންޓް ފޮލޯކުރުމަށްވެސް މަޖިލީހުގެ އިދާރާއިން އެދިފައިވެއެވެ. މަޖިލީހުގެ ޓިކްޓޮކް އެކައުންޓުން ވަނީ ވީޑިއޯއެއްވެސް ޢާންމުކޮށްފައެވެ.
Follow us on TikTok! ? pic.twitter.com/QwKU3BZhCQ
— People's Majlis (@mvpeoplesmajlis) January 25, 2021
އެވީޑިއޯގައި ވަނީ ރައްޔިތުންގެ މަޖިލިސް މިދިޔަ އަހަރަށް ހުޅުވުމަށް ބޭއްވި ރަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާ މަންޒަރެވެ. އަދި އެވީޑިއޯގައި ވަނީ މިއަހަރށް މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާ އަންނަ މަހު އޮންނާނެކަމަށްވެސް ބުނެފައެވެ.
@peoplesmajlis Official opening of the People’s Majlis for the year 2021 will be held on 4th February 2021. #maldives #parliament #peoplesmajlis
މަޖިލީހުން ހުޅުވި ޓިކްޓޮކް އެކައުންޓުން މިހތަނަށް 60 އަށް ވުރެ ގިނަ މީހުން ފޮލޯކޮށްފައިވެއެވެ. ޓިކްޓޮކަކީ މިހާރު އާންމުންގެ މެދުގައި ވަރަށް މަޤްބޫލު އެޕްލިކޭޝަނެކެވެ. ވީޑިއޯ ޝެއަރކުރާ މަޝްހޫރު ސޯޝަލް މީޑިއާ އެޕްލިކޭޝަން، ޓިކްޓޮކަކީ ޗައިނާގެ އެޕްލިކޭޝަނެކެވެ.
ކޮމެންޓު ފޮނުވާ