ކޯވިޑް-19އާއި ގުޅިގެން ބަންދުކުރި ޤުރުއާން ކްލާސްތަކާއި ޓިއުޝަން ކްލާސްތައް ހުޅުވުމުގެ ހުއްދަ ދީފިއެވެ.
ކްލާސްތައް ހިންގުމުގެ ހުއްދަ ދިންކަން ޢާންމުކޮށް އެޑިއުކޭޝަން މިނިސްޓްރީން ޢާންމުކުރި އިޢުލާނެއްގައި ވަނީ، އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ޤުރުއާން ކްލާސްތަކާއި ޓިއުޝާން ކްލާސްތައް ހިންގުމުގެ ހުއްދަ އެޗްޕީއޭއިން ދީފައިވާކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން އެތަންތަން ހުޅުވާ ކްލާސްތަކުގައި ކިޔަވައިދިނުން ކުރިއަށް ގެންދެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އެތަންތަން ހިންގަންވާނީ އެޗްޕީއޭއިން ކަނޑައަލާފައިވާ ކޯވިޑުން ރައްކާތެރިވުމުގެ މިންގަނޑުތަކާއި އުސޫލްތަކާއި އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ޓިއުޝަން ކުލާސްތަކާއި، ޤުރުއާން ކުލާސްތައް ހުޅުވުމާ ގުޅޭ pic.twitter.com/iJ2YDbQBSN
— Ministry of Education (@MoEdumv) January 24, 2021
ކޯވިޑް-19 މާލެ ސަރަހައްދުން ފެނުމާއެކު މިދިޔަ އަހަރުގެ މާރިޗް މަހުގެ ތެރޭގައި މާލެ ސަރަހައްދުގެ ޤުރުއާން ކްލާސްތަކާއި ޓިއުޝަން ކްލާސްތައް ބަންދުކުރިއެވެ. ނަމަވެސް ކޯވިޑާއ ގުޅިގެން އެޅި ގިނަ ފިޔަވަޅުތަކެއް އުވާލިނަމަވެސް ޤުރުއާން ކްލާސްތަކާއި ޓިއުޝަން ކްލާސްތައް ހިންގުމުގެ ހުއްދަ ދީފައނުވާތީ ގިނަ ބަޔަކު އައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރާއްޖޭގައި ކޯވިޑުން ރައްކާތެރިވުމަށް އެޅި ގިނަ ފިޔަވަޅުތަކެއް މިހާރު އުވާލާ ނުވަތަ ލުއިތަކެއް ދީފައިވާއިރު، މިއަހަރު ފެށުނު ފަހުން ކޯވިޑް ޖެހޭ މީހުންގެ ޢަދަދު ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މާލެ ސަރަހައްދުން ބަލި ޖެހޭ މީހުންގެ ޢަދަދު ވަނީ މައްޗަށް އަރާފައެވެ. މިހާރުވެސް މުޅި ރާއްޖޭގައި ކޯވިޑަށް ފަރުވާދެމުންދާ 1000 ވުރެ ގިނަ މީހުން އެބަތިއްބެވެ
ކޮމެންޓު ފޮނުވާ