މާދަމާއިން ފެށިގެން ސިނަމާތައް ހުޅުވުމުގެ ހުއްދަ ދީފި

މާދަމާއިން ފެށިގެން ސިނަމާތައް ހުޅުވުމުގެ ހުއްދަ ދީފި

Author
މުޙައްމަދު ޖިމީ
24 ޖެނުއަރީ 2021 01:08
0

މާދަމާއިން ފެށިގެން ސިނަމާތަކާއި، ފިލްމު ތިއޭޓަރުތައް ހުޅުވުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދީފިއެވެ.

އެޗްޕީއޭިން ބުނީ މާދަމައިން ފެށިގެން ސިނަމާތަކާއި ތިއޭޓަރުތައް ހުލުވާލުމަށް ނިންމާފައިވަނީ ކޯވިޑް-19ގެ ހާލަތުގައި ރައްކާތެރިކަމާއެކު ސިނާމާ ހިންގުމާއި ސިނަމާ ހޯލްތައް ބޭނުންކުރަްވީ ގޮތުގެ އުސޫލާއި އެއްގޮތަށްކަމަށެވެ.

އެޗްޕީއޭއިން ބުނީ ސިނަމާތަކާއި ތިއޭޓަރުތައް ބޭޏުންކުރަންވާނީ ކޯވިޑުން ރައްކާތެރިވުމުގެ އެންމެހާ ފިޔަވަޅުތަކާއި ގައިޑްލައިނާއި އެއްގޮތަށްކަމަށެވެ. ސިނަމާތަކާއި ތިއޭޓަރުތައް ހުޅުވުމުގެ ހުއްދަ އެޗްޕީއޭއިން ދީފައިވާއިރު، ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން ކޮންމެ ދުވަހަކު ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު 50 އިން މައްޗަށް އަރާފައިވާއިރު، އެކްޓިވް ކޭސްތަކުގެ އަދަދުވެސް ވަނީ 1000 އިންމައްޗަށް އަރާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.