އިންސާފު ނުދިނުމުގެ ހިތި މިސަރުކާރުގެ ވެރިން ދެކޭނެ: ޑރ.ޖަމީލް

އިންސާފު ނުދިނުމުގެ ހިތި މިސަރުކާރުގެ ވެރިން ދެކޭނެ: ޑރ.ޖަމީލް

Author
މުޙައްމަދު ޖިމީ
24 ޖެނުއަރީ 2021 11:54
0

ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ހައިކޯޓުން ކުރި ހުކުމުން ޖުޑިޝަރީއަށް ސަރުކާރުން ބަދަލުގެނައީ ސީދާ ވަކިބަޔަކަށް ޓާގެޓްކޮށްގެންކަން އެނގޭކަމަށް ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް އަދި ޤާނޫނީ ވަކީލް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ދަމަހައްޓަން ހައިކޯޓުން ތާއީދުކޮށްފައިވާތީ އިދިކޮޅުން އަންނަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި ސީދާ ހަރަކާތަށް މަގުތަކަށް ނުކުތުމަށްވެސް ވަނީ ނިންމާފައެވެ.

ރައީސް ޔާމީންގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ، ރައީސް ޔާމީނަށް ހައިކޯޓުން ކުރި ހުކުމުން އެނގުނީ ޖުޑިޝަރީއަށް ސަރުކާރުން ބަދަލުގެނައީ ސީދާ ވަކިބަޔަކަށް ޓާގެޓްކޮށްގެންކަންކަމަށާއި، ޒަމާންވީ މިސަޤާފަތް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންނވި ވަޢުދު އޮޅުވާލުމަކަށްވެފައިވާކަމަށެވެ.

އިންސާފު ނުދިނުން އެންމެ ބޮޑު އަނިޔާ. މިކަމުގެ ހިތި މިބޭފުޅުންވެސް ދެކޭނެ.

– ރައީސް ޞާލިޙާއި، ރައީސް ނަޝީދުގެ ފޮޓޯ ހިމަނުއްވާ ކުރެއްވި ޓްވީޓްގައި ޑރ.ޖަމީލް ވިދާޅުވިއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޙުކުމަށް ހައިކޯޓުން ތާއީދުކޮށްފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު ބޭއްވި ޝަރީއަތުގައެވެ. އެދުވަހުގެ ޝަރީއަތުގައި ދެ ފަނޑިޔާރަކުވަނީ ރައީސް ޔާމީނަށް އިއްވި ހުކުމުގައި ހެކިބަސް ދީފައިވަނީ ފާސިގުންކަމަށް ވިދާޅުވެ، އެހެކިވެރިންގެ ހެކިބަސް ބަލައި ނުގަނެވޭކަމަށް ވިދާޅުވެފައެވެ. ހުކުމް އިއްވި ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު ޝަހީދުގެ ރައުޔު ވަރަށް ބޮޑަށް ތަފާތުވެ މިމައްސަލާގައި ރައީސް ޔާމިނަށް ކޮށްފައިވާ ހުކުމަކީ އިންސާފުވެރި ހުކުމެއް ނޫންކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި ހުކުމުގައި އިސްލާމީ މިންގަނޑުން ބަލާނަމަ ހެކިވެރިންގެ ގަޮތުގައި ކަނޑެއެޅި މީހުންގެ ތެރޭގައި މިމައްސަލާގައި ޝާމިލުވާ އިސްމީހުންނާއި، ރައީސް ޔާމީން މަރާލަން ރޭވިކަމުގެ ތުހުމަތު ކުރެވޭ މީހުން ހިމެނޭއިރު އެމީހުންގެ ހިކެބަސް މިކަމުގައި ބަލައި ނުގަނެވޭނެކަމަށް ޝަހީދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.