ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލާގައި ބަނގްލަދޭޝްގެ މީހަކު ހޯދަން ފުލުހުން އިޢުލާންކޮށްފިއެވެ.
ފުލުހުން ބުނީ، ސައުތު ޕޮލިސް ޑިވިޜަންގެ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާކަމަށެވެ.
ފުލުހުންގެ އިދާރާއަށް ޙާޒިރުވުމަށް އަންގާފައިވަނ އެމްޑީ އިދްރިޝް، ބަނގުލަދޭޝް (34އ)އެވެ. އޭނާ ފުލުހުންގެ އިދާރާއަށް ޙާޒިރުކުރަނީ 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައިގެ ތަހުގީގަށްކަމަށް ފުލުހުން ބުންޏެވެ.
އޭނާ ޙާޒިރުވާންޖެހޭނީ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށްކަމަށާއި، މިމަހުގެ 31 ވަނަ ދުވަހުގެ 10:00 ކުރިން ޙާޒިރުވުމަށް ވަނީ އަންގާފައެވެ
ކޮމެންޓު ފޮނުވާ