މާލޭގައި ޤައުމީ ސާރފިން ސްޓޭޑިއަމެއް ތަރައްޤީކުރަން މަޝްވަރާކޮށްފި

މާލޭގައި ޤައުމީ ސާރފިން ސްޓޭޑިއަމެއް ތަރައްޤީކުރަން މަޝްވަރާކޮށްފި

Author
މުޙައްމަދު ޖިމީ
23 ޖެނުއަރީ 2021 11:37
0

މާލޭ ރާޅުގަނޑު ސަރަހައްދުގައި ޤައުމީ ސާރފިން ސްޓޭޑިއަމެއް ތަރައްޤީކުރުމަށް މަޝްވަރާކޮށްފިއެވެ.

ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައިވަނީ މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ޤައުމީ ސާރފިން ސްޓޭޑިއަމެއް ތަރައްޤީކުރުމަށް ރާޅާ އެޅުންތެރިންގެ ޖަމިއްޔާ (އެމްއެސްއޭ)އާއި، މާލެ ސިޓީ ކައުންސިލާއި، ޕްލޭނިން މިނިސްޓްރީއާއެކު މަޝްވަރާކުރައްވާފައިވާކަމަށެވެ.

ރާޅާ އަޅާ މުޖްތަމައުގައި ޕްރޮފެޝަނަލް އަދި ރެކްރިއޭޝަނަލް 100 އަށްވުރެ ގިނަ ރާޅާއެޅުންތެރިން ހިމެނޭއިރު، ރާޅާ އެޅޭނެ ރަނގަޅު ނިޒާމެއް މިހާތަނަށް ޤާއިމްކުރެވިފައިނުވާތީ ރާޅާ އެޅުންތެރިންގެ ޖަމިއްޔާ (އެމްއެސްއޭ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރާއްޖޭގައި ޒުވާން ހުނަރުވެރި ރާޅާ އެޅުންތެރިން އަންނަނީ އުފެދެމުންނެވެ. އަދި ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކުރާ ރާޅާ އެޅުންތެރިންވެސް އަންނަނީ އިތުރުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.