މީދޫ މީހަކު ޑައިމޯފިން ޓްރެފިކްކުރި ކުށުގައި 25 އަހަރަށް ޖަލަށް

މީދޫ މީހަކު ޑައިމޯފިން ޓްރެފިކްކުރި ކުށުގައި 25 އަހަރަށް ޖަލަށް

Author
އަހުމަދު
10 އޮގަސްޓް 2026 03:56
0

ޑައިމޯފިން ޓްރެފިކްކުރި ކުށް ސާބިތުވެ، އައްޑޫ މީދޫ މީހަކު 25 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

އެ ހުކުމް އިއްވާފައި ވަނީ މީދޫ ޢަބްދުލްވައްހާބު އަޙްމަދު، 59، ގެ މައްޗަށެވެ. ޖަލު ހުކުމުގެ އިތުރުން، އޭނާ 100،000ރ. އިން ޖޫރިމަނާ ކުރުމަށް ވެސް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

ވައްހާބުގެ މައްޗަށް މި ހުކުމް އިއްވީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުންނެވެ.

އޭނާ ޑައިމޯފިން ޓްރެފިކްކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ 1 ޑިސެމްބަރު 2021 ގަ އެވެ. މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާ އުފުލުމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވީ 13 ޖެނުއަރީ 2022 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.