ވެއިޓަރު މަރާލި ކުށް ޕާކިސްތާން ކައްކާގެ މައްޗަށް ސާބިތުވެއްޖެ

ވެއިޓަރު މަރާލި ކުށް ޕާކިސްތާން ކައްކާގެ މައްޗަށް ސާބިތުވެއްޖެ

Author
އަހުމަދު
18 ޖުލައި 2026 08:29
0

ހުޅުމާލޭގައި ހިންގާ ޚާންޖީ ރެސްޓޯރެންޓުގެ ވެއިޓަރަކު ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މަރާލި ކުށް، އެ ރެސްޓޯރެންޓުގެ ކައްކާ މުޙައްމަދު އާބިދުގެ މައްޗަށް ސާބިތުވެއްޖެ އެވެ.

ޕާކިސްތާނަށް ނިސްބަތްވާ އާބިދުގެ މައްޗަށް ދައުލަތުން އުފުލީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް ބޭއްވި އަޑުއެހުމުގައި ކޯޓުން ނިންމީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.

ނަމަވެސް އާބިދުގެ މައްޗަށް އަދަބު ކަނޑައަޅާނީ، މި މައްސަލައިގައި މަރުވި ބަންގްލަދޭޝް ރައްޔިތު މީހާގެ ވާރިސުންގެ ބަސް ހޯދުމަށް ފަހު ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.