ޖަޕާނުން ރާއްޖެއަށް 1 މިލިއަން ޑޮލަރުގެ ސްކޮލާޝިޕް އެހީއެއް

ޖަޕާނުން ރާއްޖެއަށް 1 މިލިއަން ޑޮލަރުގެ ސްކޮލާޝިޕް އެހީއެއް

Author
އަހުމަދު
15 ޖުލައި 2026 04:45
0

ޖަޕާން ސަރުކާރުން ރާއްޖެއަށް 1 މިލިއަން ޑޮލަރު (152 މިލިއަން ޖަޕަނީސް ޔެން) ގެ ހިލޭ އެހީއެއް ދިނުމަށް މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ޚާރިޖީ ވުޒާރާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޝެރީނާ ޢަބްދުއްޞަމަދެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ.

ޚާރިޖީ ވުޒާރާއިން ބުނިގޮތުގައި، މި ފައިސާ ދިނުމަށް ނިންމާފައި ވަނީ ޖަޕާން ސަރުކާރުގެ "ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް" (ޖޭޑީއެސް) ޕްރޮގްރާމުގެ ދަށުން ދިވެހި ދަރިވަރުންނަށް މިއަހަރު ފުރުޞަތު ދިނުމަށެވެ. މި ޕްރޮގްރާމުގެ ދަށުން ޖަޕާނުގެ އެންމެ ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކުގައި މާސްޓާސް ޑިގްރީ ފެންވަރަށް ކިޔެވުމުގެ ފުރުޞަތު ދިވެހި ޒުވާނުންނަށް ލިބިގެންދެއެވެ.

މި ސްކޮލާޝިޕް ޕްރޮގްރާމް ޖަޕާނުން ރާއްޖެއަށް ދޭން ފެށީ 2020 ވަނަ އަހަރުއެވެ. މިހާތަނަށް 17 ދިވެހި ދަރިވަރުން މި ޕްރޮގްރާމުގެ ދަށުން ދަސްވެނިވެފައިވާއިރު، ނުވަ ދަރިވަރަކު މިހާރު ވެސް ޖަޕާނުގައި ތިބީ ތަޢުލީމު ޙާޞިލުކުރުމުގައެވެ.

ޚާރިޖީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، މި ސްކޮލާޝިޕްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީގެ ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުމުގައި ބައިވެރިވެވޭފަދަ ޤާބިލު، އަދި ޤައުމު ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރެވޭނެ ދިވެހި ޒުވާނުން އުފެއްދުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.