ފަހަތުން އަރައި ޗެކް ރިޕަބްލިކް ބަލިކޮށް، ދެކުނު ކޮރެއާ އިން ފެށުން ރަނގަޅުކޮށްފި

ފަހަތުން އަރައި ޗެކް ރިޕަބްލިކް ބަލިކޮށް، ދެކުނު ކޮރެއާ އިން ފެށުން ރަނގަޅުކޮށްފި

Author
އަހުމަދު
12 ޖޫން 2026 09:28
0

ފީފާ ވޯލްޑް ކަޕް 2026 ގައި ޗެކް ރިޕަބްލިކުން ލަނޑެއް ޖަހައި ކުރިހޯދާފައި ވަނިކޮށް، ފަހަތުން އަރައި 2-1 އިން ދެކުނު ކޮރެއާ މޮޅުވެއްޖެ އެވެ.

މެކްސިކޯގެ އެސްޓަޑިއޯ އަކްރޮންގައި ކުޅުނު ގްރޫޕް އޭގެ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ކޮރެއާގެ ކެޕްޓަން ސޮން ހެއުން މިން އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި ދިޔައިރު، ދެވަނަ ހާފު ފެށިގެން 49 ވަނަ މިނެޓުގައި ޗެކް ރިޕަބްލިކްގެ ކެޕްޓަން ލަޑިސްލާވް ކްރޭޗީ ވަނީ ބޮލުން ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދީފައެވެ. މިއީ ވްލަޑިމީ ސޯފާލް ކުރިއަށް ފޮނުވާލި ދިގު އެއްލުމަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ލަނޑާއެކު ކޮރެއާއިން ކުޅުން ރަނގަޅުކޮށް، ބަދަލުތަކަކާއެކު ނަތީޖާ ހަމަހަމަ ކުރީ 67 ވަނަ މިނެޓުގައި ހްވާން އިން ބިއުމް ޖެހި ލަނޑުންނެވެ. ލީ ކަންގް އިން ދިން ބޯޅައެއް ހިފައިގެން ގޮސް އޭނާ މި ލަނޑު ޖެހީ ކީޕަރު ކައިރިން ނައްޓާލުމަށް ފަހުގައެވެ. އޭގެ ދިހަ މިނެޓު ފަހުން ޗެކް ރިޕަބްލިކްގެ ތޯމަސް ސޯޝެކް ލަނޑެއް ޖެހި ނަމަވެސް، ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

ޗެކް ރިޕަބްލިކްގެ ލަނޑު ކެންސަލް ކުރިތާ ދެ މިނެޓު ފަހުން، މެޗުގެ 79 ވަނަ މިނެޓުގައި ހުއޮންހްޔޫ ވަނީ ކޮރެއާއަށް މެޗުގެ ލީޑު ނަގައިދީފައެވެ. އޭރިއާ ތެރެއަށް ނަގައިދިން ބޯޅައަކަށް އަރައި އޭނާ ފޮނުވާލި ހަމަލާ ގޯލަށް ވަނީ ކީޕަރުގެ ގައިގައި ޖެހިފައެވެ. މެޗުގެ ފަހުކޮޅު ނަތީޖާ ހަމަހަމަ ކުރުމަށް ޗެކް ރިޕަބްލިކްގެ އެޑަމް ހްލޯޒެކް ފޮނުވާލި ނުރައްކާތެރި ހަމަލާ ދެކުނު ކޮރެއާގެ ކީޕަރު ސެއުން ގިޔުން ކިމް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މިއީ 2006 ވަނަ އަހަރަށްފަހު، ޗެކް ރިޕަބްލިކްގެ ނަމުގައި އެ ގައުމުން ވޯލްޑް ކަޕެއްގައި ވާދަކުރާ ދެވަނަ ފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.