މީކާއިލްގެ ކެމްޕެއިނަށް ތާއީދު ހޯއްދެވުމަށް ރައީސް ސޯލިހު ކުޅުދުއްފުއްޓާއި ހަނިމާދޫއަށް

މީކާއިލްގެ ކެމްޕެއިނަށް ތާއީދު ހޯއްދެވުމަށް ރައީސް ސޯލިހު ކުޅުދުއްފުއްޓާއި ހަނިމާދޫއަށް

Author
އަހުމަދު
09 ޖޫން 2026 08:45
0

އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް ނަސީމަށް ތާއީދު ހޯއްދެވުމަށް، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހާއި "އިތުބާރު" ކެމްޕެއިން ޓީމުން ކުޅުދުއްފުށި ސިޓީއާއި ހދ. ހަނިމާދޫއަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި އަންގާރަ ދުވަހު ކުޅުދުއްފުށީގައި މި ޓީމުން ވަނީ ރައްޔިތުންނާ ބައްދަލުކުރުމަށް ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެއަށްފަހު އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހަނިމާދޫއަށް ވަޑައިގެން، ރައީސް ސޯލިހާއި މީކާއިލްގެ އިތުރުން ކެމްޕެއިން ޓީމުގެ އިސް ބޭފުޅުން ވަނީ އެ ރަށުގެ ކެމްޕެއިން ޓީމާ ބައްދަލުކުރައްވައި މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ.

ހަނިމާދޫގެ ހަރަކާތްތަކަށްފަހު އަނެއްކާވެސް ކުޅުދުއްފުއްޓަށް ވަޑައިގެން، އަންގާރަ ދުވަހުގެ ރޭ އެ ސިޓީގައި ކެމްޕެއިންގެ އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. "އިތުބާރު" ޓީމުން ފޯރިއާއެކު ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާއިރު، އެމްޑީޕީގެ ޗެއަރޕާސަން ހޮވުމުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.