ޙައްޖުން އެނބުރި އަންނަ ފަރާތްތަކުން 14 ދުވަސް ވަންދެން ޞިއްޙީ ހާލަތު ބެލުމަށް އެޗްޕީއޭއިން އެދިއްޖެ

ޙައްޖުން އެނބުރި އަންނަ ފަރާތްތަކުން 14 ދުވަސް ވަންދެން ޞިއްޙީ ހާލަތު ބެލުމަށް އެޗްޕީއޭއިން އެދިއްޖެ

Author
އަހުމަދު
06 ޖޫން 2026 03:31
0

ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ޙައްޖުވެރިން، ރާއްޖެ އަންނަތާ 14 ދުވަސް ވަންދެން އެމީހުންގެ ޞިއްޙީ ހާލަތު ގާތުން މޮނިޓަރކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭގެ ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު ސަނާ ސަލީމް ފާހަގަކުރެއްވި ގޮތުގައި، ގިނަ ބަޔަކު އެއްވެ އުޅޭ މާޙައުލެއްގައި އުޅުމަށްފަހު އަންނައިރު ބަލީގެ އަލާމާތެއް ވަގުތުން ނުފެނުނު ކަމުގައިވިޔަސް، ރޯގާގެ އެއްވެސް އަލާމާތެއް ފެނޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން މިއީ ރާއްޖޭގައި ބަލިމަޑުކަން ފެތުރުން ކުޑަކުރުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިއީ ރާއްޖޭގައި ގައިންގަޔަށް އަރާ ބަލިތައް އިތުރުވަމުންދާ ދުވަސްވަރަކަށް ވާތީ، މިކަން އެ އިދާރާއިން ވަރަށް ގާތުން ބަލަމުން އަންނަކަމަށްވެސް ސަނާ ވިދާޅުވިއެވެ. އަދި މިފަދަ ދުވަސްވަރެއްގައި ހަށިގަނޑުން އެއްވެސް ބައްޔެއްގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އެންމެހާ ފަރާތްތަކަށް އިރުޝާދު ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.