މިއަހަރުގެ ދިވެހި ހައްޖުވެރިން އަންނަ ހުކުރު ދުވަހު އެނބުރި ރާއްޖެ އަންނަން ފަށަނީ

މިއަހަރުގެ ދިވެހި ހައްޖުވެރިން އަންނަ ހުކުރު ދުވަހު އެނބުރި ރާއްޖެ އަންނަން ފަށަނީ

Author
އަހުމަދު
02 ޖޫން 2026 02:37
0

މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ މީހުން އަންނަ ހުކުރު ދުވަހު އެނބުރި ރާއްޖެ އަންނަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިއަހަރު ރާއްޖެއިން 1000 މީހުން ހައްޖަށް ގޮސްފައިވާއިރު، އެމީހުން ފުރާފައިވަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި، ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީވެސް އެމީހުން ފުރައިގެން ދިޔަ ތަރުތީބުންނެވެ. އެގޮތުން، ފުރަތަމަ ގްރޫޕުގެ ހައްޖުވެރިން އަންނަ ހުކުރު ދުވަހު (ޖޫން 5 ވަނަ ދުވަހު) މެންދުރު 14:00 ގައި ސައުދީ އެއާގައި ރާއްޖެ އަންނާނެއެވެ.

ދެވަނަ ގްރޫޕުގެ ހައްޖުވެރިން ޖޫން 7 ވަނަ ދުވަހު ގައުމީ އެއާލައިން، މޯލްޑިވިއަންގައި އައުމަށް ހަމަޖެހިފައިވާއިރު، ތިންވަނަ ގްރޫޕް އަންނާނީ ޖޫން 8 ވަނަ ދުވަހު ސައުދީ އެއާގައެވެ. އަދި އެންމެ ފަހު، ހަތަރުވަނަ ގްރޫޕުގެ ހައްޖުވެރިން ޖޫން 9 ވަނަ ދުވަހު މޯލްޑިވިއަންގައި ރާއްޖެ އައުމަށް ވަނީ ޝެޑިއުލް ކުރެވިފައެވެ.

މިދިޔަ އަހަރުތަކެކޭ އެއްފަދައިން، މިއަހަރުވެސް ދިވެހި ހައްޖުވެރިން މައްކާގައި ހޭދަކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 21 ދުވަހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.