ސިއްޙީ ހާލަތާ ގުޅިގެން ލަސްވި ދިވެހި ހާޖީއާއެކު ހުރިހާ ދިވެހިން އަރަފާތު ބިމަށް

ސިއްޙީ ހާލަތާ ގުޅިގެން ލަސްވި ދިވެހި ހާޖީއާއެކު ހުރިހާ ދިވެހިން އަރަފާތު ބިމަށް

Author
އަހުމަދު
26 މެއި 2026 01:48
0

ބަލިވެގެން ފަރުވާދިނުމުގެ ސަބަބުން އަރަފާތު ބިމަށް ދިއުން ލަސްވި ދިވެހި ހައްޖުވެރިޔާ ވެސް މިހާރު އެ ބިމަށް ގެންގޮސްފައިވާ ކަމަށް ރާއްޖޭގެ ހައްޖު މިޝަނުން ބުނެފިއެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން އެކަކު ފިޔަވައި އެހެން ހުރިހާ ހައްޖުވެރިން މިއަދު ފަތިހުގެ ވަގުތެއްގައި ވަނީ އަރަފާތު ބިމަށް ގޮސްފައެވެ. އެ ހާޖީއަށް އެހެން މީހުންނާ އެކު ދަތުރު ނުކުރެވުނީ ސިއްހީ ސަބަބަކާ ހުރެ މިނާގެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ޖެހުމުންނެވެ.

ނަމަވެސް މިއަދު ހެނދުނު 11 ޖަހާކަންހާއިރު ހައްޖު މިޝަނުން ވަނީ އެ ހާޖީގެ ހާލު މިހާރު ރަނގަޅު ކަމަށާއި، ހުރިހާ ދިވެހި ހައްޖާޖީން ވެސް މިހާރު ތިބީ އަރަފާތު ބިމުގައިކަން ކަށަވަރުކޮށްދީފައެވެ.

ހައްޖުވެރިން އިއްޔެ މިނާގައި ހޭދަކުރުމަށްފަހު، އަރަފާތު ބިމަށް ދިއުމަށް ދަތުރުފެށީ ރޭ މައްކާ ގަޑިން 9 ޖެހިއިރުއެވެ. މިއަދުގެ ހުރިހާ ވަގުތެއް ހައްޖުވެރިން ހޭދަކުރާނީ އަރަފާތު ބިމުގައެވެ. މިއަހަރު ރާއްޖެއިން ހާހެއްހާ ދިވެހިން ހައްޖުގެ އަޅުކަން އަދާކުރަމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.