ސަރުކާރާ ދެކޮޅަށް ކުރީގެ ތިން ރައީސުން އެއްބައިވެވަޑައިގެން، މިރޭ ކުރިއަށްދާ މުޒާހަރާގައި ބައިވެރިވެވަޑައިގަތުމާއެކު މުޒާހަރާގެ ފޯރި ވަރަށް ބޮޑަށް ގަދަވެއްޖެއެވެ.
ކުރީގެ ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިތުރުން އިބްރާހީމް މުހައްމަދު ސޯލިހު މުޒާހަރާއަށް ނުކުމެވަޑައިގަތީ، ސަރުކާރާ ދެކޮޅަށް އެއް މޭޒެއް ދޮށުގައި ބައްދަލުވުމެއް ބޭއްވެވުމަށްފަހުގައެވެ.
އެ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި މައުލޫމާތު ހިއްސާކުރެއްވުމަށްފަހު، މި ތިން ބޭފުޅުން ވަނީ ސީދާ މަގުމައްޗަށް ނުކުމެވަޑައިގެން މުޒާހަރާގެ ބައިވެރިންނާ ގުޅިވަޑައިގެންފައެވެ. ނަމަވެސް، މުޒާހަރާގައި ކުޑަ ވަގުތުކޮޅަކު ބައިވެރިވެވަޑައިގަތުމަށްފަހު ތިން ރައީސުން ވެސް މިހާރު ވަނީ އެ ސަރަހައްދުން ވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ