ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންނަށްވެސް ފްލެޓަށް އެދެވޭ ގޮތަށް އުސޫލު ބަދަލުކުރަނީ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންނަށްވެސް ފްލެޓަށް އެދެވޭ ގޮތަށް އުސޫލު ބަދަލުކުރަނީ

Author
ޙަސަން މުޙައްމަދު
12 އޭޕްރިލް 2026 02:51
0

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކެޓަގަރީން ފްލެޓަށް އެދުމުގެ ޝަރުތުތަކަށް ބަދަލު ގެނެސް، އެ މީހުންގެ ބެލެނިވެރިންނަށްވެސް ކުރިމަތިލެވޭ ގޮތް ހެދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކެޓަގަރީގެ ޝަރުތުތައް އިސްލާހުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މީގެ ކުރިން އޮންނަ ގޮތުން ފްލެޓަށް އެދި ހުށަހަޅަން ޖެހެނީ ސީދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތުން ކަމުގައިވީ ނަމަވެސް، އަލަށް ގެންނަ އިސްލާހާއެކު އެ ފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިންނަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މި ބަދަލަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޯހިޔާވަހިކަން ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ގެންނަ މުހިންމު ބަދަލެކެވެ. މީގެ ކުރިން ބެލެނިވެރިންނަށް ކުރިމަތިލުމުގައި ގިނަ ހުރަސްތަކެއް ހުރިކަން ފާހަގަކުރެވިފައިވާއިރު، މި އިސްލާހާއެކު އެފަދަ ފަރާތްތައް ބަލަހައްޓާ އާއިލާތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތަކުގެ ތެރެއިން ވީހާވެސް ގިނަ ބަޔަކަށް ފަސޭހަކަމާއެކު ބޯހިޔާވަހިކަން ހޯދޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.