މެދުއިރުމަތީގައި ފުޅާވަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ.
އިޒްރޭލާއި އީރާނާ ދެމެދު ހިނގަމުންދާ ނުރައްކާތެރި ކުރިމަތިލުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ ހަކަތައިގެ ނިޒާމަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފައެވެ. މިގޮތުން ދުނިޔޭގެ ތެޔޮ ސަޕްލައިކުރާ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގެ ބޮޑު ސަރަހައްދެއް ބަންދުކުރުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. ދުވަހަކަށްވުރެ ދުވަހެއް މި ހަނގުރާމަ ފުޅާވެ، އިތުރު ގައުމުތަކަށް އޭގެ އަސަރު ފޯރަމުންދާތީ، ބައިނަލްއަގުވާމީ މުޖުތަމައުން އަންނަނީ މިކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް، ހާލަތު ގޯސްވަމުންދާކަމުގެ އިންޒާރު ދެމުންނެވެ.
ކޮމެންޓު ފޮނުވާ