ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި މަގާމުން ވަކިކުރި އެފްއައިޔޫގެ ކުރީގެ ވެރިޔާ މައްސަލަ ކޯޓަށް ހުށަހަޅައިފި

ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި މަގާމުން ވަކިކުރި އެފްއައިޔޫގެ ކުރީގެ ވެރިޔާ މައްސަލަ ކޯޓަށް ހުށަހަޅައިފި

Author
އަހުމަދު
12 ފެބްރުއަރީ 2026 11:58
0

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާގެ މަގާމުން ވަކިކުރި އިސްމާއިލް ސާޖިދު، އެ ނިންމުމާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ. މިދިޔަ އޮގަސްޓް މަހު އެ މަގާމަށް އައްޔަންކުރި ސާޖިދު މަގާމުން ވަކިކުރީ، ޖިންސީ ފުރައްސާރައިގެ ތުހުމަތެއްގައި މިދިޔަ ޑިސެމްބަރު މަހު ސަސްޕެންޑްކޮށްފައި ބެހެއްޓުމަށްފަހު، މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އޭނާ ވަކިކުރީ އެމްއެމްއޭގެ ކޮމިޓީއަކުން ބެލި މައްސަލައެއްގައި ފުރައްސާރަ ކުރިކަން ސާބިތުވާކަމަށް ނިންމުމަށްފަހުގައެވެ.

ނަމަވެސް، ސާޖިދު ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވާ ގޮތުގައި މިއީ އެ ޔުނިޓުގެ މުވައްޒަފަކު ކޮށްގެން ނުވާނެ ކަންތައްތަކެއް ކުރުމުން، އެ މުވައްޒަފަށް ފިޔަވަޅު އެޅުމާ ގުޅިގެން އޭނާގެ އަބުރު ކަތިލުމަށް ރާވައިގެން ކޮށްފައިވާ ކަމެކެވެ. އަދި މައްސަލަ ހުށަހެޅި ފަރާތުން ހެދި ދޮގުތައް ސާބިތުކޮށްދިނުމަށް ކިތާބީ ހެކި ހުށަހެޅި ނަމަވެސް، ކޮމިޓީން އެކަމަށް ރިއާޔަތްކޮށްފައި ނުވާކަމަށް ސާޖިދު ތުހުމަތު ކުރައްވައެވެ. ސާޖިދު އެ މަގާމަށް އައްޔަންކުރެވުނީ އޭގެ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަޝްރަފް މަގާމުން ދުރުކުރުމަށްފަހުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.