ޕާކިސްތާނުގެ މިސްކިތަކަށް ދިން ނިރުބަވެރި ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

ޕާކިސްތާނުގެ މިސްކިތަކަށް ދިން ނިރުބަވެރި ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

Author
ޙަސަން މުޙައްމަދު
07 ފެބްރުއަރީ 2026 11:23
0

ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހުންނަ މިސްކިތަކަށް ހުކުރު ނަމާދު ވަގުތު ދިން ނިރުބަވެރި ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އިސްލާމްއާބާދުގެ ޝެހްޒާދު ޓައުން ސަރަހައްދުގައި ހުންނަ ޝިއައީ މިސްކިތަކަށް އަމާޒުކޮށް ދިން މި ހަމަލާގައި ކުށެއް ނެތް އެތައް ބަޔަކު ޝަހީދުވެފައިވާއިރު، 170 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ، މި ހަމަލާގައި ޝަހީދުވި ފަރާތްތަކުގެ އާއިލާތަކަށް ދިވެހި ސަރުކާރުގެ ނަމުގައި ތައުޒިޔާ ރައްދުކޮށް، ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.

ދިވެހި ސަރުކާރުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އަޅުކަންކުރާ ތަންތަނަށް އަމާޒުކޮށް މިފަދަ ފިނޑި ހަމަލާތައް ދިނުމަކީ އިންސާނިއްޔަތާއި، ދީނީ އުސޫލުތަކާވެސް މުޅިން ޚިލާފު އަމަލެކެވެ. އަދި ނިރުބަވެރިކަމުގެ މިފަދަ އަމަލުތައް ރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

މީގެއިތުރުން، ޓެރަރިޒަމާއި ނިރުބަވެރިކަމާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖުތަމައުން ކުރަމުންދާ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން އަބަދުވެސް ފުރިހަމައަށް އެއްބާރުލުންދީ ތާއީދުކުރާނެކަމުގެ ޔަގީންކަންވެސް އެ ބަޔާނުގައި ވަނީ ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.