މާމިގިލީގައި 95 މިލިއަން ރުފިޔާގެ މަގު ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

މާމިގިލީގައި 95 މިލިއަން ރުފިޔާގެ މަގު ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

Author
ހުސައިން
06 ޖެނުއަރީ 2026 05:22
0

އދ. މާމިގިލީގައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރަސްމީކޮށް މިއަދު ފައްޓަވައިދެއްވައިފިއެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބްއެވެ. އެ ރަސްމިއްޔާތުގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އާރްޑީސީން ހާމަކުރި ގޮތުގައި މިހާރު މާމިގިލީގެ އަމީނީ މަގުގައި ކޭބަލް އެޅުމުގެ މަސައްކަތާއި ގްރޭޓިން ފްރޭމްގެ މަސައްކަތް ނިންމައިފައިވާއިރު، ގެވެހި މަގުގައި ގްރޭޓިން ފްރޭމް ކާސްޓްކުރުމުގެ މަސައްކަތް ވެސް ނިމިފައިވެއެވެ. މި ހުރިހާ މަސައްކަތެއް ފުރިހަމަވެފައިވާތީ، މިއަދު ރަސްމީކޮށް ތާރު އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވާފައިވާކަމަށް އާރްޑީސީން ބުނެއެވެ.

މި މަޝްރޫޢުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ. މި މަސައްކަތަށް 95 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.