ދެ އިންތިހާބު އެކީގައި ބޭއްވުމަށް ނަޝީދު ތާއީދު

ދެ އިންތިހާބު އެކީގައި ބޭއްވުމަށް ނަޝީދު ތާއީދު

Author
އާދަމް ނުހާދް
04 ޖެނުއަރީ 2026 04:37
0

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވައިފި އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ ދެ އިންތިހާބު އެކީގައި ބޭއްވުމަކީ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

މި ވާހަކަ އެމަނިކުފާނު ދެއްކެވީ ދެ އިންތިހާބު އެކީގައި ބާއްވަން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފަށާފައި ވަނިކޮށެވެ.

އެ މަސައްކަތް ފެށުމަށް މާދަމާ ދައުރުން ބޭރު ޖަލްސާއެއް ބާއްވަން ވަނީ ނިންމާފަ އެވެ. ސަރުކާރުގެ ވިސްނުމަކީ ވެސް ދެ އިންތިހާބު އެކުގައި ބޭއްވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.