ފުއްޕާމެޔަށް ޑީސަލް އެޅުނު ވެމްކޯގެ މުވައްޒަފު އަދިވެސް އޮތީ ވެންޓިލޭޓަރުގަ

ފުއްޕާމެޔަށް ޑީސަލް އެޅުނު ވެމްކޯގެ މުވައްޒަފު އަދިވެސް އޮތީ ވެންޓިލޭޓަރުގަ

Author
އަހުމަދު
15 ޑިސެމްބަރ 2025 02:12
0

ގއ. ދިޔަދޫ ސައިޓްގައި ޖަނަރޭޓަރަކަށް ޑީސަލް އަޅަން އުޅެނިކޮށް ފުއްޕާމެޔަށް ޑީސަލް އެޅުނު ވެމްކޯގެ މުވައްޒަފަކު އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި އަދިވެސް ފަރުވާ ހޯދަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފި އެވެ.

މިދިޔަ ހުކުރު ދުވަހު ހިނގި ހާދިސާގައި އަނިޔާވީ ހދ. ކުޅުދުއްފުށީ، 37 އަހަރުގެ މުހައްމަދު ޝާހެވެ. އޭނާ ޑީސަލް ހަމަކަށް ހޮޅިއެއްގެ އެއްކޮޅު ލުމަށްފަހު، އަނެއްކޮޅުގައި އަނގަޖަހައި ދަމާލުމުން ޑީސަލް ފުއްޕާމެއަށް ވަނީ ބޮވިގެންފައެވެ. ފުރަތަމަ ފަރުވާ ދިނީ ގެމަނަފުށީ ސިއްހީ މަރުކަޒުގައި ކަމަށާއި، އެއަށްފަހު ވިލިނގިލި ހޮސްޕިޓަލަށް ގެންދެވުމަށްފަހު މާލެ އައިޖީއެމްއެޗަށް ގެނެސްފައިވާ ކަމަށް އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ބުނެފައިވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އާއިލާއިން އޭނާ ރާއްޖެއިން ބޭރަށް ގެންދިއުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރު މުޖުތަބާ ޖަލީލް ވިދާޅުވީ އިންޖީނުގޭގައި ތެޔޮ އަޅާނެ ހުރިހާ އިންތިޒާމެއް ވެސް ވަނީ ހަމަޖެހިފައި ކަމަށާއި، މި ހާދިސާ ދިވާމީ މަސައްކަތް އަވަސްކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.