އިނގޭރިސި މުބާރާތް ތަކުގެ ފައިނަލާ ރައްޓެހި ކޯޗަކަށް ވުމުގައި ވަކި ހާއްސަ ސަބަބެއް ނެތްކަމަށް ޓޮޓްނަމްގެކބޯޗު ހޯސޭ މޮރީނިޔޯ ބުނެފިއެވެ.
ބާރަ އަހަރަށްފަހު އިނގިރޭސި މުބާރާތެއްގެ ފައިނަލުން ޓޮޓްނަމްއަށް ޖާގަ ހޯދައިދިން ކޯޗު ބުނީ ފައިނަލާ އޭނާ އެހާ ގާތްވުމުގައި ވަކި ތާފާތު ސިއްރެއް ނެތްކަމަށާއި ކޮންމެޓީމެއްގައި ވެސް އޭނާ ނެރެނީ އެޓީމެއްގެ ހުންނަ ކޮލެޓީކަމަށް މޮރީނިޔޯ ބުނެފައިއެވެ. އޭނާ ބުނީ މިފަހަރުވެސް ޓީމުން ހޯދި ކުރިއެރުމުގައި ކޮންމެ މެޗެއްގައިވެސް އޭނާ ކުޅުންތެރިންނަށް ވިސްނައިދެމުން އަންނަނީ ކޮންމެ ކަމެއްވެސް ހާސިލް ކުރެވޭނެކަމަށެވެ.
މޮރީނިޔޯ ބުނީ 2004 ވަނަ އަހަރު އިނގިރޭސިވިލާތައް އައުމަށްފަހު އޭނާ ލީގުކަޕުގެ މުހިންމުކަން ވިސްނުނުކަމަށާއި އޭނާ ވަރަށް ސީރިއަސްވާ މުބާރާތައް ލީގުކަޕް ވެއްޖެކަމަށެވެ. މުބާރާތުގައި އިނގިރޭސި ދަށް ޑިވިޝަން ޓީމުތައް ވާދަކުރި ނަމަވެސް ކޮންމެ މެޗަކަށް ވެސް ނުކުންނަނީ އެޓީމުތަކަށް އިހްތިރާމް ދީގެން ކަމަށެވެ.
ލީގުކަޕުގައި ފައިނަލުގައި މިހާތަނަށް އަދި މޮރީނިޔޯ ބަލިވެފަ ނުވާއިރު މޮރީނިޔޯ އެންމެފަހުން މުބާރާތް ކާމިޔާބުކުރީ 2017ވަނަ އަހަރުއެވެ
ކޮމެންޓު ފޮނުވާ