ހއ. ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވައި، ޝަހީދު އުމަރު އަހުމަދުގެ ހަނދާން އާކޮށްފި

ހއ. ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވައި، ޝަހީދު އުމަރު އަހުމަދުގެ ހަނދާން އާކޮށްފި

Author
އަހުމަދު
28 ނޮވެމްބަރ 2025 03:18
0

ހއ. ދިއްދޫގައި ސަރުކާރުން ބިނާކުރި ޒަމާނީ އިސްލާމީ މަރުކަޒު މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި މަރުކަޒު ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މި މަރުކަޒުގެ މިސްކިތަށް ދީފައިވާ ނަމަކީ މަސްޖިދު ޝަހީދު އުމަރު އަހުމަދެވެ. އެއީ ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާގައި ޝަހީދުވި ދިއްދޫއަށް ނިސްބަތްވާ ބޭފުޅެކެވެ. ޝަހީދުވުމާ ހަމައަށް އޭނާ މަސައްކަތް ކުރެއްވީ މާލެ އިސްލާމީ މަރުކަޒުގައެވެ.

މިސްކިތުގެ އިތުރުން މި މަރުކަޒުގައި އިސްލާމީ ލައިބްރަރީއަކާއި، ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރަކާއި، މަލްޓިޕާޕޮސް ހޯލަކާއި، ސެމިނާ ރޫމެއް އަދި އިދާރީ އޮފީހެއް ހުރެއެވެ. މީގެ އިތުރުން ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކޮށްދިނުމަށް ލިފްޓެއް ވެސް ހަރުކޮށްފައިވެއެވެ.

މިއަދުގެ ހުކުރު ނަމާދުގައި އިމާމުވެ ހުންނެވީ މިނިސްޓަރު ޑރ. ޝަހީމެވެ. މި މުނާސަބަތު ފާހަގަކުރުމަށް މިރޭ އެ ރަށުގައި ޖާފަތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.