ޑިޖިޓަލް ފައިނޭންސް މެދުވެރިކޮށް ކޮންމެ ރަށެއްގެ ވިޔަފާރިއެއް ވެސް ދުނިޔެއަށް ހުޅުވާލެވޭނެ: އުރީދޫ

ޑިޖިޓަލް ފައިނޭންސް މެދުވެރިކޮށް ކޮންމެ ރަށެއްގެ ވިޔަފާރިއެއް ވެސް ދުނިޔެއަށް ހުޅުވާލެވޭނެ: އުރީދޫ

Author
ހުސައިން
17 ނޮވެމްބަރ 2025 11:08
0

މަރުކަޒީ ބޭންކުން އިއްޔެ ވިލާ ނޯޓިކާގައި ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ޑިޖިޓަލް ފައިނޭންސް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ރަށެއްގެ ވިޔަފާރިއެއް ވެސް މުޅި ދުނިޔެއަށް ހުޅުވިގެންދާނެ ކަމަށެވެ.

"ރިތިންކިން އިކޮނޮމިކް ގްރޯތު ބިޔޯންޑް ޓޫރިޒަމް" ޕެނަލް ޑިސްކަޝަންގައި ނިޔާޒް ފާހަގަކުރެއްވީ ރާއްޖެ ފަދަ ފެތުރިފައިވާ ގައުމުތަކުގައި ޑިޖިޓަލް ފައިނޭންސަކީ ހަމަހަމަ ފުރުސަތުތަކެއް ގާއިމްކުރުމަށް ބޭނުންކުރެވޭ އެންމެ ބާރުގަދަ ވަސީލަތް ކަމަށެވެ. އޭނާ ވިދާޅުވީ އެމް-ފައިސާ އާއި ޕޭޕާލް އިންޓަގްރޭޓް ކުރެވިގެންދާއިރު ކޮންމެ ރަށެއްގެ ފްރީލާންސަރުންނާއި ފަންނުވެރިންނާއި ކުދި ވިޔަފާރިތަކަށް ދުނިޔޭގެ މާކެޓްތަކާ ގުޅުން ހަދައި އާމްދަނީ ހޯދުމުގެ އާ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.

އުމްރާނީ ތަރައްގީގެ ހަރަދު ބޮޑުވުމާއި ޑިޖިޓަލް ހުނަރުވެރިންނަށް ހުރި ފަރަގުތައް ހައްލުކުރުމަށް ސަރުކާރާއި ޕްރައިވެޓް ސެކްޓާ އެކު ގުޅިގެން މަސައްކަތްކުރަން ޖެހޭކަން ފާހަގަކުރައްވަމުން ނިޔާޒް ވިދާޅުވީ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރާނީ ހަމައެކަނި ޓެކްނޮލޮޖީ އިން ނޫން ކަމަށާއި ކަންކަން ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭ ކޮންމެ ދިވެހިއަކު ވެސް އޭގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. އުރީދޫގެ އަމާޒަކީ ޑިޖިޓަލް އިގްތިސޯދެއް ބިނާކުރުމަށް އެކިފަރާތްތަކާ ގުޅިގެން މުޅި ރާއްޖޭގެ ކަނެކްޓިވިޓީ ފުޅާކޮށް ފައިނޭންޝަލް އިންކްލޫޝަން ޕްރޮމޯޓްކުރުން ކަމުގައި އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.