މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވާ ހައިވޭގައި މިއަދު ހަވީރު ދެ ކާރު ޖެހި ބޮޑު އެކްސިޑެންޓެއް ހިނގައިފިއެވެ.
ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 4:00 ޖަހާކަން ހާއިރުއެވެ. އެއް އުޅަނދަކުން އަނެއް އުޅަނދު އޯވަޓޭކް ކުރަން މަސައްކަތް ކުރުމުގެ ތެރޭގައި ދެ އުޅަނދު ޖެހި އެކްސިޑެންޓް ހިނގި ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބުނު ނަމަވެސް ޖެހުނު ދެ ކާރަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.
ކޮމެންޓު ފޮނުވާ