ތިލައުތުރު އެވޯޑު ހަފްލާއަށް ޔާމިން މާދަމާ ދިއްދޫއަށް ވަޑައިގަންނަވަނީ

ތިލައުތުރު އެވޯޑު ހަފްލާއަށް ޔާމިން މާދަމާ ދިއްދޫއަށް ވަޑައިގަންނަވަނީ

Author
އަހުމަދު
26 އޮކްޓޯބަރ 2025 10:42
0

ހއ. އަތޮޅު ކައުންސިލުން ބާއްވާ "ތިލައުތުރު އެވޯޑް 2025″ ހަފްލާ ޝަރަފުވެރިކޮށްދެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މާދަމާ މާދަމާ ދިއްދޫއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް ވެސް ހަފްލާގެ ދައުވަތު ދެއްވި ކަމަށް އެނގިފައި ވެއެވެ.

ހއ. އަތޮޅަށް އެކި ދާއިރާތަކުން ހިދުމަތްކޮށްދެއްވާފައިވާ ފަރާތްތައް އަގުވަޒަންކުރުމަށް ދެ އަހަރުން އެއްފަހަރު ބާއްވާ ތިލައުތުރު އެވޯޑުގައި މިފަހަރު ހަ ދާއިރާއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. 2023 ވަނަ އަހަރު ބޭއްވި އެވޯޑު ހަފްލާ ޝަރަފުވެރިކޮށްދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.