އިދިކޮޅު އެމްޑީޕީން ރޭ ބާއްވާފައިވާ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ފަރާތްތައް ވަގުތުން ދޫކޮށްލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ގޮވާލައްވައިފިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ މުޒާހަރާގައި ބައިވެރިވެ ހައްޔަރުކުރި އެންމެން ވަގުތުން ދޫކޮށްލަން ޖެހޭނެ ކަމަށެވެ.
ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމަކީ ރާއްޖޭގެ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެކެވެ. އެހެންވެ އެ ހައްގަށް އިހްތިރާމް ކުރުމަކީ ލާޒިމު ކަމެއް ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ރޭގެ މުޒާހަރާއިން ފުލުހުން ހައްޔަރުކުރީ އަށް މީހުންނެވެ. އޭގެ ތެރެއިން އެކަކު ވަނީ ދޫކޮށްލާފައެވެ.
ކޮމެންޓު ފޮނުވާ