ފޭދޫ ކައުންސިލްގެ ކުރީގެ ރައީސް އާއި އަނބިމީހާ މަސްތުވާތަކެތީގެ މައްސަލައެއްގައި 15 ދުވަހަށް ބަންދުކޮށްފި

ފޭދޫ ކައުންސިލްގެ ކުރީގެ ރައީސް އާއި އަނބިމީހާ މަސްތުވާތަކެތީގެ މައްސަލައެއްގައި 15 ދުވަހަށް ބަންދުކޮށްފި

Author
ހުސައިން
29 ސެޕްޓެމްބަރ 2025 08:22
0

ށ. ފޭދޫގައި ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ ޚާއްސަ އޮޕަރޭޝަނެއްގައި އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު މުސްތަފާ އާއި އޭނާގެ އަނބިމީހާ ފާތިމަތު ނާއިލާ ހައްޔަރުކޮށްފައިވެއެވެ.

ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓަށް ލިބިފައިވާ ޚާއްސަ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް، ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުދަ ދުވަހު ފޭދޫގައި ހުންނަ ގެއެއް ބަލައިފާސްކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. ގެއިން ފެނުނީ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ކަރުދާސްކޮޅެއް ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރުކުރެވުނު މުހައްމަދު މުސްތަފާއަކީ ށ. ފޭދޫ، ސައިމާގޭގެ ވެރިފަރާތެވެ. އޭނާގެ އަނބިމީހާ ފާތިމަތު ނާއިލާ ދިރިއުޅެނީ އެ ރަށުގެ ލައިޓް ހައުސްގައެވެ. މުސްތަފާއަކީ 2017 ވަނަ އަހަރު ފޭދޫ ކައުންސިލަށް 303 ވޯޓުން އިންތިޚާބުވެ، އެ ރަށުގެ ކައުންސިލް ރައީސްކަން ކޮށްފައިވާ މީހެކެވެ. 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ މައުލޫމާތުތައް ދައްކާގޮތުން ފޭދޫގެ އާބާދީއަކީ 854 މީހުންނެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު ދެ ފަރާތް ކޯޓަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުން މުހައްމަދު މުސްތަފާ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ. ފާތިމަތު ނާއިލާ ފުރަތަމަ ހަތް ދުވަހަށް ބަންދުކުރުމަށްފަހު، އޭނާ އިތުރަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ނުފެންނަ ކަމަށް ބުނެ، އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ދީފައިވެއެވެ.

މި މައްސަލާގައި ފުލުހުން ދަނީ އިތުރު ތަހުގީގުތައް ކުރިއަށް ގެންދަމުންނެވެ. މަސްތުވާތަކެތީގެ މައްސަލަތަކާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން މިއީ ފޭދޫގައި ކުރިއަށް ގެންދިޔަ އެންމެ ފާހަގަކޮށްލެވޭ އޮޕަރޭޝަނެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.