ކާގޯ ބޯޓަކުން ކަނޑަށް ވެއްޓުނު މީހާ އަދިވެސް ނުފެނޭ

ކާގޯ ބޯޓަކުން ކަނޑަށް ވެއްޓުނު މީހާ އަދިވެސް ނުފެނޭ

Author
ޙަސަން މުޙައްމަދު
24 ސެޕްޓެމްބަރ 2025 07:56
0

ކާގޯ ބޯޓަކުން ކަނޑަށް ވެއްޓުނު މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ކަނޑަށް ވެއްޓިގެން ގެއްލިގެން ހޯދަމުން އަންނަނީ ވިލިމާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ ކާގޯ ބޯޓު "އެމްއެސްވީ ޑައުލާ"ގައި ހުރި އިންޑިއާގެ ރައްޔިތެކެވެ.

އޭނާ ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އަންނަނީ ކުރަމުންނެވެ. ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން އެމީހާ ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމީހާ ގެއްލިގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 11:35 ހާއިރު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.