ޕޮޗެޓީނޯގެ ފުރަތަމަ މެޗުން ޕީއެސްޖީ އެއްވަރު

ޕޮޗެޓީނޯގެ ފުރަތަމަ މެޗުން ޕީއެސްޖީ އެއްވަރު

Author
އިބްރާހީމް ސާޢިދު
07 ޖެނުއަރީ 2021 11:04
0

ފްރެންޗް ލީގުގައި ޕީއެސްޖީގެ އާ ކޯޗު މައުރީސިޔޯ ޕޮޗެޓީނިޔޯގެ ފުރަތަމަ މެޗުން ޕީއެސްޖީ އެއްވަރު ވެއްޖެއެވެ.

ސެއިންޓް އެޓެއިންއާ ވާދަކޮށް ރަށުން ބޭރުގައި ޕީއެސްޖީ އެއްވަރުވީ 1-1 ލަނޑުންނެވެ. ރޯމަން ހަމައުމާގެ ލަނޑުން އެޓައިނުން ކުރި ހޯދާފަވަނިކޮށް ޕީއެސްޖީއަށް ނަތީޖާ ހަމަހަމަކުރީ މޮއީސް ކީންގެ ލަނޑުންނެވެ. މިއީ އެވަޓަންއިން މި ސީޒަންގައި ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަންގައި ޕީއެސްޖީއާ ގުޅުނު ކީން އެޓީމަށް ޖަހައިދިން 10 ވަނަ ލަނޑެވެ.

ރޭ ލީގުގައި ކުޅުނު އެހެން މެޗުތަކުގެ ތެރެއިން އޮލިންޕިކް ލިޔޯން ވަނީ ލެންސްއާ ވާދަކޮށް 3-2 ލަނޑުން މެޗު ކާމިޔާބުކޮށްފައެވެ. ލީގުގެ ދެވަނައިގަ އޮތް ލިލް ވަނީ އަމިއްލަ ދަނޑުގައި އެންގާސް އަތުން 2-1 ލަނޑުން ބަލިވެފައެވެ. މާސޭ ވަނީ މޮންޓަރޕިލާ ވާދަކޮށް 3-1 ލަނޑުން މޮޅުވެފައެވެ.

މި ނަތީޖާ އެކު ލިޔޯން އެއްވަނައިގަ އޮތީ 18 މެޗުން 39 ޕޮއިންޓާއެކު. ޕީއެސްޖީ ދެވަނާގައި އޮތީ 36 ޕޮއިންޓާއެކުއެވެ. ތިންވަނައިގަ އޮތް ލިލް އަށް މިއަދަދަށް ޕޮއިންޓް ލިބަފަވާއިރު ހަތަރުވަނާއިގަވާ ރެންނައިސް އަށް ލިބިފަވަނީ 32 ޕޮއިންޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.