ފާއިތުވެދިޔަ އަހަރަކީ، ދުނިޔޭގެ ޖައްވުގައި އުދުހުނު މަތިންދާ ބޯޓުގެ އަދަދު އެހެން އަހަރުތަކާ ޚިލާފަށް އާދަޔާ ޚިލާފަށް މަދު ނަމަވެސް، އެކިގައުމުތަކަށް ދަތުރުފަތުރު ކުރުމުގެ ޝައުގުވެރިކަން ހުންނަ މީހެއްނަމަ، އެއްގައުމުން އަނެއް ގައުމަށް ރައްކާތެރިކަމާއެކު ދަތުރުކުމުގައި އެންމެ ކާމިޔާބު އެއަރލައިންތައް ދެނެގަތުމުގެ ޝައުގުވެރިކަން ހުންނާނެއެވެ.
މިގޮތުން، އެއަރލައިންތަކުގެ ރައްކާތެރިކަން ރޭޓުކުރާ ވެބްސައިޓް (AirlineRatings.com) އިން މިހާރުވަނީ ފާއިތުވެދިޔަ އަހަރު އެންމެ ރައްކާތެރިކަމާއެކު ދަތުރުކުރި އެއަރލައިންތައް އިއުލާން ކޮށްފައެވެ.
އެއަރލައިންތަކުގެ ރައްކާތެރިކަން ދެނެގަތުމަށްޓަކާ، AirlineRatings.com އިން، ދުނިޔޭގެ 385 އެއަލައިނެއްގެ ހާލަތު އަބަދުވެސް ދެނެގަންނަމުން ދެއެވެ. މިގޮތުން، އެއަރލައިންތަކުގެ ރައްކާތެރިކަން ދެނެގަތުމުގައި މި ވެބްސައިޓުން ބާލާ މިންގަޑުތަކުގެ ތެރޭގައި، އެއަރލައިންގެ ބޯޓުތައް ވެއްޓިފައިވާ މިންވަރާއި، ނުރައްކާތެރި އެކްސިޑެންޓްތައް ހިގާފައިވާ މިންވަރާއި އަދި މީގެ އިތުރުން ބޯޓުތަކުގެ އުމުރައްވެސް ރިއާޔަތް ކުރެއެވެ.
"އަހަރުމެންނަށް ކުރިމަތިވެގެންދިޔަ އެންމެ ބޮޑު ގޮންޖެހުމަކީ، މިހާތަނަށް އެންމެ ރައްކާތެރިކަމަށް ކަޑައެޅިފައިވާ 20 އެއަރާލައިނަކުން ދަތުރުތައް ކުރިޔަށް ގެންދަމުން ދިޔަ ނަމަވެސް، ބައެއް އެއަރލައިތަކުން ގެންދިޔައީ ދަތުރުތައް މަދުކުރަމުން ނުވަތަ ދަތުރުތައް އެއްކޮށް ހުއްޓާލަމުން،" އެއަރލައިންރޭޓިންގގެ އެޑިޓަރ އިން ޗީފް ޖޮފްރީ ތޯމަސް ވިދާޅުވިއެވެ.
އެއަރލައިން ސޭފްޓީއާއި އަދި ޕްރޮޑަކްޓް ރިވިވްއަށް ބަލާފަ، އެއަރލައިން ރޭޓިން ވެބްސައިޓުން އެންމެ ރައްކާތެރި ކަމަށް މިއހަރު ކަޑައަޅާފައިވަނީ ކުއާންޓަސްގެ އައުސީ އެއަރލައިންއެވެ.
އެއަރލައިން ރޭޓިންއިން ފާހަގަ ކޮށްފައިވާ ގޮތުގައި، ކުއާންޓަސް އިންވަނީ، ކޯވިޑް ކާރިސާއަށްފަހު، އަލުން ޚިދުމަތަށް ނިކުތުމުގެ ކުރިން، އެއަރލައިންގެ ހުރިހާ ޕައިލަޓުންވެސް ޚާއްސަ ތަމްރީންތަކެއް ހަދަން ޖެހޭގޮތަށް ނިންމާފައެވެ. މި ވެބްސައިޓުން ބުނާގޮތުގައި، ކުއާންޓަސްގައި މަސައްކަތްކުރާ 737 ޕައިލެޓުން، ބޯޓުތައް އަލުން އުދުއްސަން ފެއްޓުމުގެ ކުރިން 6 ދުވަހުގެ ކޯހެއް ފުރިހަމަކުރަން ޖެހެއެވެ. މީގެ ތެރޭގައި އެއްދުވަސް ޙާއްސަކުރެވެނީ ސިއްޙީގޮތުން މީހާ ފުރާފުރިހަމަ ވެފައިވާ މިންވަރު ބެލުމަށެވެ.
ކާމިޔާބީގެ ތާރީޚެއް

2014 އިން 2017 ވަނަ އަހަރާ ހަމައަށްވެސް، ދުނިޔޭގެ އެންމެ ރައްކާތެރި އެއަރލައިނެއްގެ ގޮތުގައި ކަޑައެޅިފައިވަނީ ކުއާނަޓަސް އެއަރލައިނެވެ. އެހެންނަމަވެސް، އެއަރލައިންރޭޓިންގއިން 2018 ވަނަ އަހަރު ބުނެފައިވަނީ އެއަހަރު އެންމެ ރައްކާތެރި އެއަރލައިނެއްގެ ގޮތުގައި ވަކި އެއަރލައިނެއް ކަޑައެޅެން ނެތް ކަމުގައެވެ. އަދި އެއަހަރު، އޭގެ ބަދަލުގައި އެއަރލައިންރޭޓިންގ އިންވަނީ އެންމެ ރައްކަތެރި 20 އެއަރލައިނެއް ހޮވާފައެވެ.
އެހެންނަވަމެސް، 2019 އަހަރާއި އަދި 2020 އަހަރު ކުއާންޓަސް ވަނީ ދުނިޔޭގެ އެންމެ ރައްކާތެރި އެއަރލައިންގެ މަގާމް އަލުން ދިފާއުކޮށްފައެވެ.
ބައެއް ހާލަތްތަކުގައި، އެއަރލައިންރޭޓިންގއިން ވަނީ، އެ ވެބްސައިޓުން ހޮވާ އެންމެ ރައްކާތެރި އެއަރލައިން އިއުލާން ކުރުމަށްފަހު، އޭގެ ފަހަތުން ދެން އެންމެ ރައްކާތެރި ކަމަށް ފާހަގަ ކުރެވޭ އެއަރލައިންތައް އިގިރޭސި ބަހުގެ އަލްފަބެޓިކް އަކުރުތަކާ އެއްގޮތަށް ތަރުތީބު ކޮށްފައެވެ.
އެހެންނަމަވެސް، 2021 ވަނަ އަހަރު ފެށުނު އިރު، ދުނިޔޭގެ އެންމެ ރައްކާތެރި އެއަރލައިންތައް އެވެބްސައިޓުން ތަރުތީބު ކޮށްފައިވަނީ، ލިސްޓުގައި ކޮންމެ އެއަރލައިނެއްވެސް ރައްކާތެރިކަމުގެ ގޮތުން ކަޑައެޅިފައިވާ ވަނައާއި އެއް ތަރުތީބުންނެވެ. މިގޮތުން، ކޮންމެ ފަހަރަކުވެސް، ލިސްޓުގެ ދެވަނައިން ގަތަރު އެއަރލައިން ޖާގަ ހޯދާއިރު، އެންމެ ރައްކކާތެރި ފަސް އެއަރލައިންގެ ގޮތުގައި ފާގަވެގެން ގޮސްފައިވަނީ، އެއަރ ނިއުޒީލޭންޑާއި، ސިންގަޕޯރ އެއަރލައިންގެ އިތުރުން އެމިރޭޓްސް އެއަރލައިން އެވެ.

އެއަރލައިންރޭޓިންގގެ އެޑިޓަރ އިން ޗީފް ޖޮފްރީ ތޯމަސް ވިދާޅުވެފައިވާ ގޮތުގައި، އެންމެ ރައްކާތެރި އެއަރލައިންތައް ކަޑައެޅުން އިތުރަށް ފުރިހަމަ ކުރުމަށްޓަކާ، އެ ވެބްސައިޓުން ބޭނުންކުރާ ރޭޓިން ސިސްޓަމަށް މިއަހަރުވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ.
"ފާއިތުވެދިޔަ 2 އަހަރު އަހަރުމެންނަށް ފާހަގަ ކުރެވިފައިވާ ގޮތުގައި، ކޮންމެ އަހަރުކުވެސް ހެދޭ ރައްކާތެރިކަމާ ގުޅޭ އޮޑިޓުން ފާސްވެފައިވި ނަމަވެސް، އަދި އޮޑިޓަރުން ފާހަގަ ކުރާ އޮޕަރޭޝަނަލް ޑިސިޕްލިންތަކަށް ތަބާވަމުން ދިޔަ ނަމަވެސް، މީގެ ބައެއް އެއަރލައިންތަކަކަކީ ކޮންމެ ދުވަހަކު އޮޕްރޭޓް ކުރަމުންދާ އެއަރލައިންތަކެއް ނޫން،" އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، އެއަރލައިންރޭޓިންގއިން މިފަހަރު ވަނީ، އެއަރލައިންތަކުގެ ޕައިލެޓުންގެ އަތުގައި އޮންނަ ލައިސަންސްގެ ސައްޙަކަން ކަށަވަރު ކުރުމާއެކު، ލައިސަންސް ހޯދުމުގައި ހިގަމުންދާ ކޮރަޕްޝަނާ ގުޅުންހުރި ކަންކަމަށްވެސް ވަރަށް ބޮޑަށް ބަލާފައެވެ.
މިގޮތުން، މިއަހަރު އެންމެ ރައްކާތެރި 20 އެއަރލައިނެއް ކަޑައެޅުމުގައި، ވީހާ ބޮޑަށް ރައްކާތެރިކަމާ ގުޅުން ހުރި ކަންކަމަށް ބަލާ، އަދި ގިނަ އެއަރލައިންތަކުން ފާހަގަވާ ގިނަކަންކަމަށް ބެލުމަށްޓަކާ، މިއަހަރު މިލިސްޓު އެކަށައެޅުމުގެ ކުރިން، ފާއިތުވެދިޔަ 5 އަހަރުގެ އޮޑިޓެއް ހެދުމަށް އެ ވެބްސައިޓުން ނިންމާފައިވެއެވެ.
"އަހަރުމެން ރޭޓްކުރާ 7 ތަރީގެ ތެރެއިން 5 ތަރި ލިބިގެންދާނީ، އެކްސިޑެންޓްތަކާ އަދި ކުރިމަތިވެފައިވާ ހާދިސާތަކުގެ މައްޗަށް ބިނާކޮށް. އަދި އޮޑިޓުންނާ އެކައުންޓިން އެސެސްމަޓްތަކަށް ބިނާކޮށް އިތުރު ތަރިއެއްދެވޭއިރު، 7 ވަނަ ތަރި އަހަރުމެން ދެނީ، ކޯވިޑް19އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަޒަން ކުރުމަށްފަހު،" ތޯމަސް ވިދާޅުވިއެވެ.

ތޯމަސް ވިދާޅުވި ގޮތުގައި، ވައިގެ މަގުން ދަތުރުކުރާ ފަރާތްތަކުން، ޚާއްސަކޮށް ކޯވިޑް ކާރިސާއަށްފަހު، އެންމެ ރައްކަތެރިކަމަށް ކަޑައެޅޭ އެއަރލައިންތަކުން ދަތުރުކުރުމަށް ޚާއްސަ ސަމާލުކަމެއް ދެމުން އަންނަ ކަމަށެވެ.
"ދަރުވެރިން އެއްވެސް ރިސްކެއް ނަގަން ބޭނުންނުވާ ކަމަށް ފާހަގަ ކުރެވިފައިވާއިރު، ފާއިތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި، ރައްކަތެރިކަމާގުޅޭ ތަފާތު އެކިއެކި ކަންކަމުގައި އަހަރުމެނަށް ގުޅައިގެން މައުލޫމާތު ސާފުކުރާ މިންވަރު މިވަނީ 3 ގުނައަށް މަތިވެފައި، ހަމައެކަނި ކޯވިޑް19އާއި ގުޅުންހުރި ކަންކަމުގައެއް ނޫން،" ތޯމަސް ވިދާލުވިއެވެ.
މީގެ އިތުރުން، އެއަރލައިންރޭޓިންއިވަނީ، ދުނިޔޭގެ އެންމެ ރައްކާތެރި، ލޯ ކޯސްޓް (އަގު ހެޔޮކޮށް ދަތުރުކެވޭ އެއައިލައިންތައް) 10 އެއަރލައިންވެސް އިއުލާން ކޮށްފައެވެ. މިއެއަރލައިންތައް ތަރުތީބު ކޮށްފައިވަނީ، އިގިރޭސި އަލްފަބެޓިކް ތަރުތީބުންނެވެ.
މިއެއަރލައިންތަކަކީ، އެއަރ އަރަބިއާ، އެލީޖިއަންޓް، އީސީޖެޓް، ފްރޮންޓިއަރ، ޖެޓްސްޓަރ ގްރޫޕް، ޖެޓްބްލޫ، ރަޔާންއެއަރ، ވިއެޓްޖެޓް އަދި ވިޒް އެއަރ އެވެ.

މީގެ އިތުރުން އެއަރލައިންރޭޓިންގ އިން ވަނީ، ކޯވިޑް19 އިން ރައްކަތެރި ވުމާއި ގުޅޭން މިންގަޑުތައް ވަޒަންކުރުމަށްވެސް ތަފާތު ގިންތިއެއް މިހާރު އެކުލަވާލާފައެވެ. މިގޮތުން މިގިންތިން ހޮވާލެވުނު އެންމެ ރަގަޅު 20 އެއަރލައިނެއްވެސް މިހާރުވަނީ އިގިރޭސި ބަހުގެ އަޕްފަބެޓިކް އަކުތަކާ އެއްގޮތަށް ތަރުތީބު ކޮށްފައެވެ.
މިގޮތުން ތަރުތީބު ކުރެވުނު އެއަރލައިން ތަކަކީ، އައަރ ބަލްޓިކް، އެއަރ ނިއުޒީލޭންޑް، އަލަސްކާ އެއަރލައިންސް، އޯލް ނިޕޮން އެއަރލައިންސް، އެއަރ އޭޝިއާ، ބްރިޓިޝް އެއަވޭސް، ކެތޭ ޕެސިފިކް އެއަރވޭސް، ޑެލްޓާ އެއަރލައިންސް، އެމިރޭޓްސް، އިއްތިހާދު އެއަވޭސް، އީވާ އެއަރ، ޖަޕާން އެއަރލައިންސް، ޖެޓްބްލޫ، ކޭއެލްއެމް، ކޮރެއަން އެއަރލައިންސް، ލުފްތަންސާ، ސިންގަޕޯރ އެއަރލައިންސް، ސައުތުވެސްޓް، ގަތަރ އެއަރވޭސް، ވެސްޓްޖެޓް އެވެ.
އެއަރލައިންރޭޓިންގއިން ބުނެފައިވަނީ، މި އެއަރލައިންތަކުން ވަނީ، ޕަސެންޖަރުންގެ ސަމާލަތަށްޓަކާ ހުރިހާގޮތަކުންވެސް މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ.
މިސާލެއްގެ ގޮތުން، އެއަރލައިންރޭޓިންގގެ އެޑިޓަރ އިން ޗީފް ޖޮފްރީ ތޯމަސް ވިދާޅުވީ، ގަތަރު އެއަރވޭސް އިން، ދަތުރުކުރާ ކޮންމެ ޕެސެންޖަރަކަށް ފޭސް ޝީލްޑަކާއި ފޭސް މާސްކެއް ދެމުންދާ ކަމަށާއި އަދި، އެމިރޭޓްއިން އެއަރލައިނުން ދަތުރުކުރާ ޕަސެންޖަރުންނަށް ޚާއްސަ ކޯވިޑް19 ހެލްތު އިންޝޫރަންސްއެއް ތަރާރަފް ކޮށްފައިވާއިރު ދަތުރު ކުރާ ކޮންމެ ޕެސެންޖަރަކަށް ޚާއްސަ ހެލްތު ކިޓެއް ދެމުންދާ ކަމަށެވެ.
AirlineRatings.com އިން 2021 ވަނަ އަހަރަށް ކަޑައަޅާފައިވާ އެންމެ ރައްކާތެރި 20 އެއަރލައިން:
1. ކުއާންޓަސް
2. ގަތަރު އެއަރވޭސް
3. އެއަރ ނިއުޒީލޭންޑް
4. ސިންގަޕޯރ އެއަރލައިންސް
5. އެމިރޭޓްސް
6. އީވާ އެއަރ
7. އިއްތިހާދު އެއަރވޭސް
8. އަލަސްކާ އެއަރލައިންސް
9. ކެތޭ ޕެސިފިކް އެއަރވޭސް
10. ބްރިޓިޝް އެއަރވޭސް
11. ވާޖިން އޮސްޓްރޭލިއާ/ވާޖިން އެޓްލާންޓިކް
12. ހަވާއިއަން އެއަރލައިންސް
13. ސައުތުވެސްޓް އެއަރލައިންސް
14. ޑެލްޓާ އެއަރލަސިންސް
15. އެމެރިކަން އެއަރލައިންސް
16. ސަސް
17. ފިންއެއަރ
18. ލުފްތަންސާ
19. ކޭއެލްއެމް
20. ޔުނައިޓެޑް އެއަރލައިންސް
ކޮމެންޓު ފޮނުވާ