ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ދެވަނަ ފަހަރަށް ހައްޔަރު ކޮށްފި

ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ދެވަނަ ފަހަރަށް ހައްޔަރު ކޮށްފި

Author
ހުސައިން
10 ޖުލައި 2025 04:49
0

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އަސްކަރީ ގާނޫނު ތަންފީޒުކުރި މައްސަލާ ގުޅިގެން ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔޮލް ދެވަނަ ފަހަރަށް ހައްޔަރު ކޮށްފިއެވެ. ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، ކޯޓަށް ހުށަހެޅޭ މައްސަލައިގެ ހެކި ނައްތާލުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ކަންބޮޑުވުން އޮތުމުން ދެކުނު ކޮރެއާގެ ކޯޓަކުން ލިޔުއްވި އަމުރަކަށް ޔޫން ވަނީ ހައްޔަރު ކުރެވިފައެވެ.

ހައްޔަރު ކުރުމަށް ނެރުނު އަމުރުގައި 20 ދުވަހުގެ މުއްދަތަށް އެމަނިކުފާނު ބަންދުކުރުމުގެ ހުއްދަ ދީފައިވާއިރު، އިތުރު ދައުވާތަކާއި ހިމެނޭ ގޮތަށް އޭނާގެ މައްޗަށް ރަސްމީކޮށް ދައުވާ ކުރަން ޕީޖީން އަންނަނީ ތައްޔާރުވަމުންނެވެ. ނަމަވެސް ޔޫން މަގާމުން ވަކިކޮށްފައިވާތީ އަދި މިހާރު އެއްވެސް ބާރެއް ލިބިފައި ނުވާތީ، ހައްޔަރު ކުރުމުގެ އަމުރު ނެރުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް ބުނެ އެމަނިކުފާނުގެ ގާނޫނީ ޓީމުން ވަނީ ފާޑުކިޔާފައެވެ.

އުމުރުން 64 އަހަރުގެ ޔޫން ބަންދުކުރެއްވުމަކީ ދެކުނު ކޮރެއާގެ ތާރީޚުގައިވެސް ރައީސަކު ހައްޔަރުކުރި ފުރަތަމަ ފަހަރެވެ. އެއީ އަސްކަރީ ގާނޫނު އިއުލާނު ކުރެއްވުމާ ގުޅިގެން ތަހުގީގުތައް ކުރިއަށް ގެންދިއުމަށް ސުވާލު ކުރުމަށް ޔޫން ފުރަތަމަ ހައްޔަރު ކުރި މިދިޔަ ޖެނުއަރީ މަހުއެވެ. ނަމަވެސް އިޖުރާއީ ސަބަބުތަކާހުރެ މިދިޔަ މާޗް މަހު އެމަނިކުފާނު ވަނީ ދޫކޮށްލާފައެވެ. ވެރި ރަށް ސޯލް ޑިޓެންޝަން ސެންޓަރުގައި 52 ދުވަސް ޔޫން ހޭދަކޮށްފައި، ޓެކްނިކަލް ސަބަބުތަކަކާހުރެ މީގެ ހަތަރު މަސް ދުވަސް ކުރިން މިނިވަންކޮށްފައިވާއިރު މިއަދު ދެވަނަ ފަހަރަށް ހައްޔަރު ކުރެއްވިއެވެ.

މި ދައުވާތަކަކީ ޔޫންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ، އުމުރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ މަރުގެ އަދަބު ވެސް ލިބިދާނެއެވެ. އޭގެފަހުން އޭޕްރީލް މަހު ދެކުނު ކޮރެއާގެ ދުސްތޫރީ ކޯޓުން ވަނީ ޔޫން މަގާމުން ވަކިކޮށް، ޖޫން މަހު ބޭއްވި އަވަސް އިންތިޚާބަކަށް މަގުފަހިކޮށްދީފައެވެ. ޔޫން އަސްކަރީ ގާނޫނު ތަންފީޒުކުރި މައްސަލައާއި އަނބިކަނބަލުންގެ މައްޗަށް އުފުލާފައިވާ އެހެން ޖިނާއީ ދައުވާތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ހާއްސަ ތަހުގީގުތަކެއް ކުރުމުގެ ހުއްދަ ދޭ ގާނޫނެއް އެ ގައုމުގެ އާ ރައީސް ލީ ޖޭ މިޔުންގް ވަނީ ފާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.