‎ސިންގަޕޫރުގެ ފަސްޓް ލޭޑީ އިންތިޒާމުކުރެއްވި ޚާއްޞަ ސައިފޮދެއްގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގަންނަވައިފި

‎ސިންގަޕޫރުގެ ފަސްޓް ލޭޑީ އިންތިޒާމުކުރެއްވި ޚާއްޞަ ސައިފޮދެއްގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގަންނަވައިފި

Author
ހުސައިން
30 ޖޫން 2025 08:26
0

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރުގެ ފަސްޓް ލޭޑީ، މިސިސް ޖޭން އިޓޯގީ ޝަންމުގަރަނަމް، އިންތިޒާމުކުރެއްވި ޚާއްސަ ސައިފޮދެއްގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.

‎މި ސައިފޮދު ބާއްވަވާފައިވަނީ މިއަދު ހެނދުނު ސިންގަޕޫރުގެ ފޮރިން މިނިސްޓްރީގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި ފަސްޓް ލޭޑީ މެޑަމް ސާޖިދާ، ސިންގަޕޫރަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ރަސްމީގޮތުން މަރުޙަބާދެންނެވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.

‎މި ބައްދަލުކުރެއްވުމުގައި ފަސްޓް ލޭޑީ މެޑަމް ސާޖިދާ ވަނީ ދިވެހި ވަފުދަށް ދެންނެވި ހޫނު މަރުޙަބާއަށްޓަކައި ސިންގަޕޫރުގެ ފަސްޓް ލޭޑީ މިސިސް ތަރުމަންއަށް ޝުކުރުއަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން، އަދާކުރައްވަމުން ގެންދަވާ އެކި މަސްއޫލިއްޔަތުތަކުގެ މަސައްކަތްތަކާ ބެހޭގޮތުން ތަފާތު ތަޖުރިބާތަކާއި ޚިޔާލުފުޅުތައް ހިއްސާކުރައްވައި، މަޝްވަރާ ކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.