މިއަހަރު މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ދެގައުމަކަށް ޗައިނާއާއި އިނގިރޭސިވިލާތް!

މިއަހަރު މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ދެގައުމަކަށް ޗައިނާއާއި އިނގިރޭސިވިލާތް!

Author
ހުސައިން
18 އޭޕްރިލް 2025 11:58
0

މިއަހަރު މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ދެގައުމަކަކީ ޗައިނާއާއި އިނގިރޭސިވިލާތް ކަމުގައި ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޓޫރިސްޓުންގެ އަދަދު 81,001 އަށް އަރައިފިއެވެ. މި ހިސާބުތަކަކީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓްރީން އެއްކޮށްފައިވާ މަޢުލޫމާތެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރޭގައި ޗައިނާ އެއްވަނަ ޤައުމުގެ ގޮތުގައި އޮތްއިރު، އޭގެ ފަހަތުން އިނގިރޭސިވިލާތް 80,535 ޓޫރިސްޓުންނާއެކު ދެވަނަ ގޮތުގައި އޮތެވެ. ތިންވަނަ ޤައުމަކީ 76,243 ޓޫރިސްޓުންނާއެކު ރަޝިޔާއެވެ. އަދި ހަތަރުވަނަ ޤައުމުގެ ގޮތުގައި އިޓަލީވިލާތް 63,995 ޓޫރިސްޓުންނާއެކު އޮތްކަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޓޫރިސްޓުންގެ ޖުމްލަ އަދަދަކީ 736,775 އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފާހަގަކުރެވޭ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 693,869 ޓޫރިސްޓުންނެވެ.

މިވަގުތު ރާއްޖޭގައި 175 ރިސޯޓު ހިންގަމުންދާއިރު، އޭގެ އިތުރުން 15 ހޮޓަލާއި، 808 ގެސްޓްހައުސް އަދި 156 ސަފާރީ އުޅަނދު ވެސް އޮޕަރޭޓްކުރެވެމުންދެއެވެ. މި އަހަރު ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް 2.3 މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރުވުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.