އުފާވެރިކަމުގެ ދުވަހާ ގުޅިގެން އުރީދޫއިން މާކުންބެ 1،000 ކޮފީ ހިލޭ ބަހަނީ

އުފާވެރިކަމުގެ ދުވަހާ ގުޅިގެން އުރީދޫއިން މާކުންބެ 1،000 ކޮފީ ހިލޭ ބަހަނީ

Author
ހުސައިން
20 މާރޗް 2025 07:51
0

ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރަމުން އަންނަ އުފާވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސްގެ މާކުންބެ 1،000 ކޮފީ ހިލޭ ބަހަން ނިންމައިފި އެވެ.

ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ފާހަގަކުރަމުންދާ އުފާވެރިކަމުގެ ދުވަހާ ގުޅިގެން އުރީދޫން ބުނީ ދުވަހުގެ މުނާސަބަތުގައި މިއަދު ހިލޭ ކޮފީއެއް ބޯލުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އެބައޮތް ކަމަށެވެ.

އުރީދޫގެ މި އަހަރުގެ ކަލަންޑަރުގެ ހިނގަމުން މިދާ މަހަށް ހާއްސަ ކޮށްފައިވާ ކެރެކްޓާ، މާކުންބެ އާ އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް ވާހަކަ ދައްކައިގެން އެކަން ވާނެ ކަމަށް އުރީދޫން ބުންޏެވެ.

މާކުންބެގެ އަތުން ހިލޭ ކޮފީއެއް ހޯދަން ބޭނުންވާ ފަރާތްތަކުން ހަމައެކަނި ޖެހޭނީ އެކަމަށް އެދި މެސެޖު ކުރާށެވެ. "ނެތްތަ ކޮފީއެއް،" ނުވަތަ އެފަދަ އިބާރާތަކުން ކޮފީއެއް ބޭނުންވާ ކަމަށް ބުނެ މެސެޖު ކުރުމުން ގުޅޭނެ ނަންބަރެއް ދިނުމަށް މާކުންބެ އެދޭނެ އެވެ. ނަންބަރާ އެކު އުރީދޫ ޓެކްސްޓް އަ ކޮފީ ސާވިސް މެދުވެރިކޮށް ހިލޭ ކޮފީއެއް ބޯލުމުގެ ފުރުސަތު ލިބުމަކީ ނުހަނު ގާތުގައިވާ ކަމެކެވެ.

ދުވަހާ ގުޅިގެން އުފާވެރިކަން ފެތުރުމަށް އެ ކުންފުނިން ހަދިޔާކުރާ ކޮފީ ފޯރުކޮށްދޭނީ "Lyre" އިން ކަމުގައި އުރީދޫން ފާހަގަކުރި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.