ރެސިޕީ 29: ޕެޝަން ފުރުޓް ފަނި

ރެސިޕީ 29: ޕެޝަން ފުރުޓް ފަނި

Author
ހުސައިން
16 މާރޗް 2025 10:02
0

ފެެޝަން ފުރުޓް އަކީ ރޯދަ މަހު ވަރަށް އާންމުކޮށް ގޭގެއިން ފެންނަ އެއްޗެކެވެ. މިއީ ތަފާތު ބާވަތްތަށް ތައްޔާރު ކުރެވިދާނެ ދިވެހިންގެ މެދުގައި މަގުބޫލު މޭވާ އެކެވެ. ހާއްސަކޮށް ފެޝަން ފުރުޓް ގެ ފަނި މީ ވަރަށް އާންމުކޮށް ތައްޔާރުކުރާ އެއްޗެކެވެ.

ބެނުންވާނެ ތަކެތި:

  • 4 ފެޝަން ފުރުޓު ބޮޑު
  • 1/2 ޖޯޑު ހަކުރު
  • 1000 އެމް އެލް ފެން
  • މިންޓް ލީވްސް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ފެޝަން ފުރުޓުތަށް މެދުން ބުރިކޮށްލުމަށް ފަހު ޖަގަކަށް ސަމްސަލެއްގެ އެހީގައި އަޅައިލާށެވެ. ދެން ހަކުރު އެއްކޮށްލާށެވެ. ރަަނގަޅަށް ހަކުރާއި ފެޝަން ފުރުޓް ކޮޅު އެކުވުމުން ފެން އަޅާލާށެވެ. އެއަށް ފަހު ފިނި ކޮށްލާށެވެ. ސާވް ކުރާ އިރުގައި މިންޓް ކޮޅެއް ލުމަށްފަހު ސާވް ކޮށްލާށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.