މިހާރު ބާޒާރުގައި އަލަނާސި ވަރަށް ބޮޑަށް ވަނީ ތިޔާގި ވެފައެވެ. ދިވެހިންގެ މެދުގައި އަލަނާސި އަކީ މަޝްހޫރު އެއްޗެކެވެ. ގިނަ ބަޔަކަށް އަލާނި ފަނި ނުވަތަ ޖޫހަކީ ރޯދަ ވިއްލުމަށް ވަރަށް ކަމުދާ އެއްޗެކެވެ.
މިއަދު ގެ ރެސިޕީ އަކީ އަލަނާސީ އަޕްސައިޑް ޑައުން އެވެ. މިއީ ކޭކެކެވެ. ވަރަށް ތާފާތު މީރު ކޭކެކެވެ. މިއީ ދަޅުގައި ބަންދުކޮށްފައި ހުންނަ އަލަނާސީ ގައިވެސް ތައްޔާރު ކޮށްލެވޭނެ ކޭކެކެވެ. ވަރަށް މީރު އެއްޗެއްގެ ގޮތުގައި ފާހަގަ ކުރެވޭ އަލަނާސި ކޭކުގެ އެންމެ ފުރަތަމަ އެޅީ އެމެރިކާގައިއެވެ.
ބޭނުން ވާނެ ތަކެތި:
1 ދަޅު އަލަނާސި
4 ބިސް
1 1//2 ޖޯޑު ފުށް
1 ދަޅު ގެރިކިރު
1/2 ޖޯޑު ބަޓަރު (ދިޔާކޮށްފައި)
10 ޖެރީ
1 ސައިސަމުސާ ބެކިންގ ޕައުޑަރު
2 މޭޒުމަތީ ސަމުސާ ހަކުރު
ވެނީލާ އެސެންސް
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ބިސްކޮޅު ތައްޓަކަށް އެޅުމަށްފަހު ވަރަށް ރަނގަޅަށް ގިރައިލާށެވެ. ދެން އެއަށް ފަހު އޭގެ ތެރެއަށް ގެރިކިރު އަދި ބަޓަރު ކޮޅު އަޅައި އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން ފުއްކޮޅާއި އެކު ބޭކިންގ ޕައުޑަރުކޮޅު އަޅައިލާށެވެ. އެޅުމުގެ ކުރިން ފުރާނާލަން ހަދާން ކުރަން ވާނެއެވެ. އެންމެ ފަހުން އެސެންސް އަޅައި ރަނގަޅަށް މިކްސް ކޮށްލާށެވެ.
ޓްރޭއަކަށް ހަކުރު ކޮޅު އަޅައި ކެރެމަލް ކޮށްލާށެވެ. އެއަށް ފަހު އަލަނާސި ފޮތިތައް އަތުރައިލާށެވެ. އަދި އަލަނާސި ފޮތީގެ މެދުގައި އިންނަ ލޯވަޅަށް ޗެރީއެއް ލާށެވެ. އެއަށް ފަހު ކުރިން ތައްޔާރު ކުރި ފުއްގަނޑު މައްޗަށް އަޅައި ގޯލްޑެން ބްރައުން ކުލަ އަރަންދެން ފިހެލާށެވެ. ނުވަތަ އުލެއްފަދަ އެއްޗެއް ބޭނުން ކޮށްގެން ފިހެވިފައިވޭތޯ ޔަގީން ކުރާށެވެ. މިހާރު ހުންނާނީ ޕައިންއެޕަލް އަޕްސައިޑް ޑައުން ތައްޔާރު ވެފައެވެ.