އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އިމާދު މަޤާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅައިފި

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އިމާދު މަޤާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅައިފި

ގުޅުންހުރި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މި މައްސަލަ ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަތީފް މުހައްމަދެވެ.

މަޖިލީހުގެ ކޮމިޓީއަށް ފޮނުއްވި ސިޓީގައި އިމާދު ވަކިކުރުމަށް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވިދާޅުވެފައިވަނީ، ޤައުމުގެ އިޤްތިޞާދު ނިކަމެތިވެގެން ދިޔައިރު އެމްއެމްއޭގެ ޤާނޫނުގައި ބުނާ މަޤްޞަދުތައް ހާސިލުކުރުމަށް އެކަށީގެންވާ ގޮތަކަށް މަސައްކަތް ނުކުރާކަމަށެވެ.

ޢަބްދުއްލަތީފް މުހައްމަދުގެ ސިޓީގައިވާ ގޮތުން، ޑެޕިއުޓީ ގަވަރުނަރަކީ ވެސް ގަވަރުނަރާ އެއްހަމައެއްގައި އެ ޒިންމާތައް އުފުލަންޖެހޭ ފަރާތެއް ނަމަވެސް، އެ ޒިންމާތައް އަދާކުރެއްވުމަށް އިމާދު މަސައްކަތް ކުރައްވާފައިވާކަން އެނގެން ނެތްކަމަށް ބުނެފައިވެއެވެ.

މި މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލައި، އިތުރު ފިޔަވަޅުތައް އަޅާނެކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ