އަނިޔާވެގެން ފްރެންޗް އޯޕަން ޓެނިސް މުބާރާތް ސެރީނާ އަށް ނިމިއްޖެ

އަނިޔާވެގެން ފްރެންޗް އޯޕަން ޓެނިސް މުބާރާތް ސެރީނާ އަށް ނިމިއްޖެ

Author
ހުސައިން
02 އޮކްޓޯބަރ 2020 06:08
0

މިހާރު ކުރިޔަށްދާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ދެވަނަ ބުރުގައި ސްވެޓުނާ ޕިރޮންކޯވާ ވާދަކުރަން އޮތް މެޗުގެ ކުރިން އަނިޔާވެ ސެރިނީ ވިލިއަމްސް އަށް މުބާރާތް ނިމިއްޖެއެވެ.

އޭނާގެ އަނިޔާ ސީރިޔަސްވެ ފަހަރުގައި މިސީޒަން އެއްކޮށް ފަރުވާހޯދަން ޖެހިދާނެކަމަށް ވެސް ސެރީނާ ބުނިއެވެ. އޭނާ ބުނީ އަބަދުވެސް ފެރިހުގައި ކުޅުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށާއި މުބާރާތުގައި ރަނގަޅު މަސައްކަތެއް ކުރަން ބޭނުންވި ކަމުގައި ވިޔަސް މިފަހަރު އަނިޔާވުމުގެ ސަބަބުން އެކަން ފުރިހަމަ ނުވީކަމަށެވެ.

" އަހަރެން އަބަދުވެސް ލޯބި ކުރަން ޕެރިހުގައި ކުޅެން، މުބާރާތައް ވަރަށް ގަދައަޅައި މަސައްކަތް ކުރަމުން މިއައީވެސް އަދި އަނިޔާއިން ރަނގަޅުވެ އެނބުރި އަންނާނަން " ވެޓެރަންސް ޓެނިސްކުޅުންތެރިޔާ ބުންޏެވެ. މިހާތަނަށް ޓެނިހުގެ ބޮޑު 23 މުބާރާތެއް ކާމިޔާބުކޮއްފަވާ ސެރިނާއަށް އަނިޔާގަ ހުރެ މިމަހު ބޭއްވި ޔޫއެސް އޯޕަން ޓެނިސް މުބާރާތުން ސެމީފައިނަލުގައި ބަލިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.