ގަވާއިދާ ޚިލާފަށް ގަރާޖް ހިންގި ދެ ބިދޭސީން އިމިގްރޭޝަނުން އަތުލައިފި

ގަވާއިދާ ޚިލާފަށް ގަރާޖް ހިންގި ދެ ބިދޭސީން އިމިގްރޭޝަނުން އަތުލައިފި

Author
ހުސައިން
05 މާރޗް 2025 08:29
0

މާލޭގައި ގަވާއިދާ ޚިލާފަށް ގަރާޖެއް ހިންގަމުން ދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން މިއަދު އެކްސްގައި ހާމަކުރި ގޮތުގައި، "އިމިގްރޭޝަން ވޮޗް" އަށް ލިބުނު ރިޕޯޓަކާ ގުޅިގެން އިއްޔެ މެންދުރުފަހު މާލޭގެ ގަރާޖެއް ބަލައި ފާސްކޮށްފައިވެއެވެ. މި ރެއިޑްގައި އެތަނުގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކޮށް ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތައް މި ރަމަޟާން މަހުގައި ވެސް ހުއްޓުމެއްނެތި ކުރިއަށްދާނެކަމަށް އިމިގްރޭޝަނުން އިތުރަށް ހާމަކޮށްފައިވެއެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އިތުރުވަމުންދާއިރު، ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ މައްސަލަ ވެސް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. އިމިގްރޭޝަނުން ހިންގާ ރެއިޑްތަކުގައި ބޮޑަށް އިސްކަންދެނީ ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.