12 ވަނަ ސަރަޙައްދީ 3އާރު އަދި ސާކިއުލާ އިކޮނޮމީ ފޯރަމްގައި ދިވެހިރާއްޖެ ބައިވެރިވެއްޖެ

12 ވަނަ ސަރަޙައްދީ 3އާރު އަދި ސާކިއުލާ އިކޮނޮމީ ފޯރަމްގައި ދިވެހިރާއްޖެ ބައިވެރިވެއްޖެ

ގުޅުންހުރި

އިންޑިއާގެ ޖައިޕޫރު ސިޓީގައި 12 ވަނަ ސަރަޙައްދީ 3އާރު އަދި ސާކިއުލާ އިކޮނޮމީ ފޯރަމް ފެށިއްޖެއެވެ. މި ފޯރަމްގައި ދިވެހިރާއްޖެ ތަމްސީލުކުރައްވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ޑެޕިއުޓީ މިނިސްޓަރު ނިޒާމެވެ.

އިންޑިއާ ސަރުކާރުން ޖަޕާން، އދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮރ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް)، އދ.ގެ ސެންޓަރ ފޮރ ރީޖަނަލް ޑިވެލޮޕްމަންޓް (ޔޫއެންސީއާރުޑީ) އަދި އދ.ގެ ޑިޕާޓްމަންޓް އޮފް އިކޮނޮމިކް އެންޑް ސޯޝަލް އެފެއާޒް (ޔޫއެންޑީއީއެސްއޭ) އާ ގުޅިގެން އިންތިޒާމުކޮށްފައިވާ މި ބައްދަލުވުމުގައި ވޭސްޓް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ އިސް އޮފިޝަލުންނާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުން ވެސް ބައިވެރިވެއެވެ.

މި ފޯރަމްގައި ކުނި މެނޭޖްކުރުމާއި، ރިސައިކަލްކުރުމާއި، އަލުން ބޭނުންކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވޭނެއެވެ. އަދި ސާކިއުލާ އިކޮނޮމީގެ މުހިންމުކަމާއި، އޭގެ ސަބަބުން ތިމާވެއްޓަށާއި އިގްތިސާދަށް ކުރާނެ ފައިދާތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މިފަދަ މުހިންމު ބައްދަލުވުމެއްގައި ބައިވެރިވުމަކީ ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ. މި ފޯރަމްގައި ހިއްސާކުރެވޭ މަޢުލޫމާތާއި ތަޖުރިބާތަކުގެ އަލީގައި ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ