ހުޅުމާލޭގެ ޝައިޚް ޤާސިމް ބިން އަލްޘާނީ މިސްކިތް މަރާމާތުކުރުމަށްފަހު އަލުން ހުޅުވައިފި

ހުޅުމާލޭގެ ޝައިޚް ޤާސިމް ބިން އަލްޘާނީ މިސްކިތް މަރާމާތުކުރުމަށްފަހު އަލުން ހުޅުވައިފި

ގުޅުންހުރި

މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ (ހުޅުމާލެ ބޮޑު މިސްކިތް) އާބާތުރަ ފިލުވުމަށް ފަހު ރަސްމީކޮށް އަލުން ހުޅުވައިފިއެވެ. މިސްކިތް ހުޅުވާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކޮށްފައިވަނީ އުރީދޫ އާއި ގަތަރު ޗެރިޓީ ގުޅިގެންނެވެ. މަރާމާތުގެ މަސައްކަތުގެ ތެރޭގައި މިސްކިތުގެ އެއަރކޮންޑިޝަން ސިސްޓަމް ފުލް ސިސްޓަމަކަށް އަޕްގްރޭޑްކުރުން ހިމެނެއެވެ.

މިސްކިތް އަލުން ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޤަތަރު ޗެރިޓީގެ ސީއީއޯ އެސިސްޓަންޓް ފޯ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސެކްޓަރ ފައިސަލް ރާޝިދު އަލް ފަހެއިދާ، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ، އަދި މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ބައިވެރިވިއެވެ. އެޗް.ޑީ.ސީގެ އިސް އޮފިޝަލުން އަދި އުރީދޫގެ އިސް އޮފިޝަލުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫއިން ފޯރުކޮށްދޭ ކަނެކްޓިވިޓީގެ އިތުރަށް، އެ ތަނުން ޚިދުމަތްކުރާ މުޖުތަމަޢުތަކަށް ފައިދާ ވާފަދަ ކަންކަން ކުރުމަށް އިސްކަންދޭ ކުންފުންޏެއް ކަމަށެވެ.

ގަތަރު ޗެރިޓީގެ ފައިސަލް ރަޝީދު ބުނުއްވާފައިވަނީ މި ޕްރޮޖެކްޓާއެކު، ޚާއްޞަކޮށް ރަމަޟާން މަހާ ދިމާކޮށް، ހުޅުމާލޭގެ ރައްޔިތުންނަށް އަޅުކަން ކުރުމަށް ރަނގަޅު ޖާގައެއް ލިބިގެންދާނެކަމުގެ އުންމީދު އޮތްކަމަށެވެ.

2006 ވަނަ އަހަރު ހުޅުވި ހުޅުމާލޭ ބޮޑު މިސްކިތަކީ 1800 އަށް ވުރެ ގިނަ މީހުންނަށް ބޭނުންކުރެވޭގޮތަށް ބިނާކުރެވިފައިވާ މިސްކިތެކެވެ. އުރީދޫ މޯލްޑިވްސްއިން ބުނެފައިވަނީ ދިވެހި މުޖުތަމައުއަށް ފައިދާ ކުރާނެ ކަންކަން ކުރުމަކީ އެކުންފުންޏަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ