ރެސިޕީ 4: އައިސް ކްރީމް ކޭކް

ރެސިޕީ 4: އައިސް ކްރީމް ކޭކް

Author
ހުސައިން
02 މާރޗް 2025 12:06
0

އައިސް ކްރީމް އަކީ ކުދި ބޮޑު އެންމެންގެ މެދުގައިވެސް ވަރަށް މަގުބޫލު އެއްޗެކެވެ. ހަމަ އެފަދައިން ތަފާތު ވައްތަރުގެ ކޭކު ތަކަކީ ވެސް ވަރަށް ގިން ބައެއްގެ މެދުގައި މަގުބޫލު އެއްޗެކެވެ.

މިއަދު މި ގެެނެސްދެނީ ކޭކް އަދި އައިސް ކްރީމް އަށް ލޯބި ކުރާ ފަރާތް ތަކަށް ވަރަށް ކަމުދާނެ ފަދަ ރެސިޕީއެކެވެ. އެއީ އައިސް ކްރީމް ކޭކްއެވެ. މީ ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭ އަދި އަނގަޔަށް އެހާމެ މީރު ކޭކެކެވެ.

ބޭނުން ވާނެ ތަކެތި: 

1 ޕެކެޓް ޗޮކްލެޓް ކޭކް ފުއްޕެކެޓް (ކުޑަ)

1 ޖޯޑު ކިރު ފުލް ކްރީމް

2 ސަމުސާ ގެރިކިރު

އެންމެ ކަމުދާ ވައްތަރެއްގެ އައިސް ކްރީމް

ތައްޔާރު ކުރާނެ ގޮތް:

ޗޮކްލެޓް ފުއް ޕެކެޓްގެ ބޭރުގައވާ ގޮތުގެ މަތިން ކޭކް ފިހެލާށެވެ. ކޭކް ފިހެވުމުން ހިހޫ ކުރުމަށް ބާއްވާށެވެ. ތައްޓަކަށް ފުލް ކްރީމް ކިރު ކޮޅު އަދި ގެރިކިރު ކޮޅު އަޅައި ލުމަށްފަހު ކޭކް މައްޗަށް އެއްވަރަކަށް އަޅައިލާށެވެ. ކޭކުގައި މިހާރު ކުޑަ ތެއްކަމެއް ހުންނާނެއެވެ. ދެން ކޭކް ދެ ގަޑިއިރު ވަންދެން ފްރިޖްގައި ބައިންދާށެވެ. އައިސް ކްރީމް ތަށިން ނެގޭވަރުވުމުން ނަގައި މެދުން ދެފަޅި ވާހެން ކަފައިލާށެވެ. އަދި ކޭކު މަތީގައި ބާއްވައި އެއްވަރު ކޮށްލާށެވެ. އެއްވަރު ނުވާނަމަ އެއްވަރަކަށް ކޭކް ކަފައިލާށެވެ. އެއަށް ފަހު ފިނިކޮށްލާށެވެ. މިހާރު ހުންނާނީ ކޭކް ތއްޔާރު ވެފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.