މާލޭގައި ފެންބޮޑުވުމާ ގުޅިގެން މިއަދު ބޭންކުތަކާއި އެމްއެމްއޭވެސް ބަންދުކޮށްފި

މާލޭގައި ފެންބޮޑުވުމާ ގުޅިގެން މިއަދު ބޭންކުތަކާއި އެމްއެމްއޭވެސް ބަންދުކޮށްފި

Author
ހުސައިން
02 މާރޗް 2025 11:13
0

މާލޭގައި މެދުނުކެނޑި ވާރޭވެހި، ގިނަ ސަރަހައްދުތަކެއްގައި ފެންބޮޑުވުމާ ގުޅިގެން މިއަދު ސަރުކާރު ބަންދުކޮށްފައި ވަނިކޮށް، ފެންބޮޑުވުމައި ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ އެމްއެމްއޭ އާއި ރާއްޖޭގެ ބޭންކުތައް މިއަދު ބަންދުވާނެކަން އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައެވެ.

ސަރުކާރުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއަދު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މެދުނުކެނޑި ބޯކޮށް ވާރޭވެހި، ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކެއް ލިބިފައިވާތީއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފައިވާ ގޮތުގައި، ފެންހިންދުމަށް މާލޭގެ 6 ސަރަހައްދެއްގައި 13 ޕަންޕު ބަހައްޓައިގެން ވަނީ ހަރަކާތްތެރިވެފައެވެ. މިގޮތުން ހަރަކާތްތެރިވެފައިވާ ސަރަހައްދުތަކުގެ ތެރޭގައި އައިޖީއެމްއެޗް، މާފަންނު ފެރީ ޓާމިނަލް، ވެސްޓްޕާކް، ސަލްމާން މިސްކިތް، ބޮޑުވަޅު، އަދި ކުޑަކުދިންގެ ބަގީޗާ ހިމެނެއެވެ.

އަދި މާލޭގެ އިތުރުން ކ. ދިއްފުށި، ކ. ތުލުސްދޫ، ކ. ހުރާ އަދި ކ. ގުރައިދޫގައި ވެސް ފެންބޮޑުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.