ޔޫރަޕު ގައުމުތަކުން އެމެރިކާއަށް މިހާރު އިތުބާރު ނުކުރެވޭކަން ވީހާވެސް އަވަހަށް ގަބޫލުކޮށް، ޔޫރަޕާއި ކޮމަންވެލްތުގެ ޑިމޮކްރެޓިކް ގައުމުތަކުން އެކުގައި ސަލާމަތީ އެއްބަސްވުންތައް އުފައްދަންޖެހޭ ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.
ޔޫކުރެއިންގެ މައްސަލާގައި އެމެރިކާއާއި ޔޫރަޕް ވަރަށްބޮޑަށް ޚިޔާލުތަފާތު ވެފައި ވަނިކޮށް، ކުރީގެ ރައީސް ނަޝީދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ "ޔޫރަޕްއިން ވީހާވެސް އަވަހަކަށް އެމެރިކާއަށް އިތުބާރު ނުކުރެވޭނެކަން ގަބޫލުކުރިވަރަކަށް، މިނިވަން ދުނިޔެއަށް އޭގެ ފައިދާ ބޮޑުވާނެ" ކަމުގައެވެ.
"ޔޫރަޕުން އެމެރިކާއަށް އިތުބާރު ނުކުރެވޭކަން ވީހާވެސް އަވަހަށް ގަބޫލުކުރުން އެއީ މިނިވަން ދުނިޔެއަށް އެންމެ ރަނގަޅުވާނެ ގޮތް. ޔޫރަޕާއި ކޮމަންވެލްތުގެ ޑިމޮކްރެޓިކް ގައުމުތަކުން މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ކުރިމަތިލުމަށް، އެކުގައި ސަލާމަތީ އެއްބަސްވުންތައް އުފައްދަންޖެހޭ" ކަމަށް ނަޝީދު ވިދާޅުވިއެވެ.
The sooner that Europe realises the US can no longer be trusted, the better it will be for the free world. Europe and the democratic countries of the Commonwealth must rise to the occasion, including making joint military alliances.
— Mohamed Nasheed (@MohamedNasheed) March 1, 2025
ޔޫކުރެއިން ހަނގުރާމަ ހުއްޓާލުމަށް އެކެރިކާއިން ރަޝިއާއާއި މަޝްވަރާ ކުރަމުންދާތީ އެމެރިކާއާއި ޔޫކުރެއިން ވަނީ ވަރީ ވަރަށް ބޮޑަށް ޚިޔާލު ތަފާތު ވެފައެވެ.