އުރީދޫގެ އަހަރީ އާންމު ޖަލްސާ މާޗް 9 ގައި

އުރީދޫގެ އަހަރީ އާންމު ޖަލްސާ މާޗް 9 ގައި

Author
ހުސައިން
22 ފެބްރުއަރީ 2025 02:00
0

އުރީދޫ މޯލްޑިވްސްއިން މިއަހަރު ބާއްވާ އަހަރީ އާންމު ޖަލްސާ މާޗް މަހުގެ ނުވަވަނަ ދުވަހުގެ ރޭގަނޑު 9:30 ގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އުރީދޫއިން އިތުރަށް ހާމަކުރެއްވި ގޮތުގައި މި ޖަލްސާގައި ބައިވެރިވުމަށް ދެ ގޮތެއް ހަމަޖެހިފައިވެއެވެ. އެގޮތުން، ކ. ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ މައި އޮފީސް އިމާރާތް (އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސް) އަށް ހާޒިރުވެ ބައިވެރިވުމުގެ ފުރުޞަތު 50 ހިއްސާދާރުންނަށް ލިބިވަޑައިގަންނަވާނެއެވެ. އަދި އެހެން ހިއްސާދާރުންނަށް މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއެސްޑީ) ގެ "ފަހިވޯޓު" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ބައިވެރިވެވޭނެއެވެ.

ޖަލްސާގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މާޗް މަހުގެ ހަތްވަނަ ދުވަހުގެ ރޭގަނޑު 9:30 ގެ ކުރިން ރަޖިސްޓަރީ ކުރަންވާނެއެވެ. އަދި ޖަލްސާގައި ބައިވެރިވާނެ ގޮތުގެ މައުލޫމާތު، ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް މާޗް މަހުގެ ހަތްވަނަ ދުވަހުގެ ހަވީރު 6:00 ގެ ކުރިން އަންގަވާނެ ކަމަށް އުރީދޫއިން ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.