މުސާރައާއި އިނާޔަތްތަކަށް ކުރާ ޚަރަދު އިތުރު ވެއްޖެ

މުސާރައާއި އިނާޔަތްތަކަށް ކުރާ ޚަރަދު އިތުރު ވެއްޖެ

Author
ހުސައިން
20 ފެބްރުއަރީ 2025 08:15
0

ސަރުކާރުގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ޚަރަދު ފާއިތުވި އަހަރާއި އަޅާ ބަލާއިރު އިތުރުވެއްޖެކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް މުސާރައާއި އިނާޔަތްތަކަށް 1.14 ބިލިއަން ރުފިޔާ ވަނީ ހޭދަކުރެވިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރެވުނު 1.02 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 11 އިންސައްތައިގެ އިތުރުވުމެކެވެ.

މި މުއްދަތުގައި ދައުލަތުގެ ޖުމުލަ ޚަރަދުގެ ގޮތުގައި 3.04 ބިލިއަން ރުފިޔާ ހޭދަކުރެވިފައިވާއިރު، އާމްދަނީގެ ގޮތުގައި 4.4 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ރިކަރަންޓް ޚަރަދުތަކުގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ހޭދަކުރެވިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރެވުނު 3.2 ބިލިއަން ރުފިޔާއަށްވުރެ ދަށް އަދަދެކެވެ. އަދި މީގެ ތެރެއިން އިދާރީ އަދި ހިންގުމުގެ ޚަރަދުގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ވަނީ ހޭދަކުރެވިފައެވެ.

މީގެއިތުރުން، ކެޕިޓަލް ޚަރަދުގެ ގޮތުގައި 169.8 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާއިރު، ދައުލަތުގެ ލޯނު އަނބުރާ ދެއްކުމަށް 474.8 މިލިއަން ރުފިޔާ ވަނީ ހޭދަކުރެވިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.