ރާއްޖޭގެ ވައި ނުސާފުވެ ފަތުރުވެރިކަަމަށް ނޭދެވޭ އަސަރު ކޮށްފާނެ، އެންމެ ގުޅިގެން ހައްލު ހޯދަންޖެހޭ: ނަޝީދު

ރާއްޖޭގެ ވައި ނުސާފުވެ ފަތުރުވެރިކަަމަށް ނޭދެވޭ އަސަރު ކޮށްފާނެ، އެންމެ ގުޅިގެން ހައްލު ހޯދަންޖެހޭ: ނަޝީދު

ގުޅުންހުރި

ރާއްޖޭގެ ވައިގެ ކޮލިޓީގެ މައްސަލައިގެ ސަބަބުން މުސްތަގުބަލުގައި ފަތުރުވެރިކަމުގެ ދާއިރާއަށް އަސަރު ކޮށްފާނެ ކަމަށާއި، މިކަން ހައްލުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ވައިގެ ކޮލިޓީ ކޮންމެ އަހަރަކު ވެސް ގޯސްވަނީ މި މޫސުމުގައި ކަމަށާއި، މިއީ ވެސް ފަތުރުވެރިކަމުގެ ޕީކް ސީޒަން ކަމަށެވެ. އަދި މިކަން މުސްތަގުބަލުގައި ހިނގާނަމަ އޭގެ ނޭދެވޭ އަސަރު ފަތުރުވެރިކަމަށް ކުރާނެ ކަމަށާއި، މި ހުރިހާ ތަޣައްޔަރުކަމެއް ވެސް ގާތްގަނޑަކަށް އަންނަނީ އެހެން ގައުމުތަކުން ކަމަށް ވިދާޅުވިއެވެ.

މިހާރު މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 55 ގައި ކަމަށާއި، މި މައްސަލައިގެ ސަބަބުން ރައްޔިތުން ސަމާލުވާންޖެހޭ ގިނަ ކަންތައްތަކެއް ވެއެވެ. މީގެ ތެރޭގައި ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި އަދި އެލަރޖީގެ މައްސަލަ ހުންނަ ފަރާތްތަކުން ގޭގައި މަޑުކުރުމާއި، ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ރައްކާތެރި މާސްކު އެޅުން ހިމެނެއެވެ. އަދި މީގެ އިތުރުން ކުޑަކުދިންނާއި، ދޮށީ އުމުރުގެ މީހުންނާއި، މާބަނޑު މީހުން އަދި ތުއްތު ކުދިން ބޭރަށް ނުނެރުމަށާއި، ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އިރުޝާދު ދެވިފައިވެއެވެ. މީގެ އިތުރުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ޙަރަކާތްތައް މަޑުޖައްސާލުމަށްވެސް އިރުޝާދު ދެވިފައިވެއެވެ.

ރާއްޖޭގެ ޖައްވުގެ ވައި މި ފަހަކަށް އައިސް ނުސާފުވާ މައްސަލަ ވަރަށް ބޮޑަށް ވަނީ ފާހަގަކުރެވިފައެވެ. މި މައްސަލަ ހައްލުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް ނަޝީދު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ